ބައްޕައަށްޓަކައި ބޭސްމަންޓުގައި ތައްޔާރުކުރި ޕްރޮސްތެޓިކް އަތް!

download-2.jpg

Oleg Galtsev, software engineer, (L) attaches a prosthetic right hand to his father Sergey while testing it, in Minsk, Belarus October 16, 2016. REUTERS/Vasily Fedosenko

ސޯވިއެޓް ސިފައިންގެ ކެޕްޓަނަކަށް އުޅުނު ސާޖީ ގަލްސެވްގެ އަތް މިލިޓަރީ ފަޔަރިން ރޭންޖުގައި ގޮވި ގޮވުމެއްގައި ބުރިވިއެވެ. އޭރު އޭނާގެ 4 އަހަރަށް ދާ ކުޑަ ދަރިޔަކުވެސް ހުއްޓެވެ. ސާޖީގެ އަތްބުރިވިތާ 30 އަހަރަށްފަހު އޭނާގެ ދަރިފުޅު ގޭގެ ބޭސްމަންޓުގައި މަސައްކަތްކޮށް ބައްޕަޔަށްޓަކައި ޕްރޮސްތެޓިކް އަތެއް އުފައްދައިފިއެވެ.

ސާޖީގެ 32 އަހަރުގެ ދަރިފުޅު އޯލެގް އަކީ ސޮފްޓްވެއާ އިންޖިނިއަރެކެވެ. ރައްޓެހި އިންޖިނިއަރަކާއެކު ޕްރޮސްތެޓިކް އަތެއް އުފެއްދުމަށް އޭނާ 2 އަހަރު ދުވަހު މަސައްކަތް ކުރިއެވެ. އަދި އެކަން ކާމިޔާބުކޮށް, ޔޫޓިއުބްގައި އޭގެ ޓެސްޓުތައް ކުރި ވީޑިއޯ މިހާރު އޭނާ ވަނީ އާންމުކޮށްފައެވެ.

“އަހަރުމެން ބޭނުންވީ ފަސޭހަ އަދި އަގުހެޔޮ އެއްޗެއް އުފައްދަން، މި އުފެއްދުން ޕޭޓަންޓު ނުކުރަން. އަހަރުމެން ބޭނުންވަނީ މީތި އިތުރަށް ފުރިހަމަވެ ތަރައްގީކުރެވިގެންދިއުން. މި އަތަކީ ފަސޭހައިން އަތުރާލެވޭ ކަހަލަ ގޮތަކަށް އިންނަ އެއްޗެއް. ލެގޯ ހެން ހަމަ ގުޅުވަމުން ދާންވީ. ކަރަންޓު ސާމާނުތަކާއި ކުޅެން ނޭގުނަސް މީގެ މަސައްކަތް ކޮށްލެވޭނެ. އަހަންނަން ވަންޏާ އެހެންމީހުންނަށްވެސް ވާނެ” އޯލެގް އޭނާގެ އުފެއްދުމާއި ބެހޭގޮތުން ބުންޏެވެ.

އޯލެގް އޭނާގެ ބައްޕައަށް ހަދައިދިން ޕްރޮސްތެޓިކް އަތުގެ ހުރިހާ މަސަައްކަތެއް ކުރީ އޭނާ ދިރިއުޅެމުންދާ ގޭގެ ބޭސްމަންޓުގައެވެ. އަތަށް ބޭނުންވާ ބައެއް ސާމާނު 3D ޕްރިންޓާއެއްގައި ޕްރިންޓުކުރިއިރު ބައެއް ސާމާނު ގަތީ އޮންލައިން ފިހާރަތަކުންނެވެ.

އޯލެގް އާއި އޭނާގެ ރަހްމަތްތެރި އަރްފަވް ބުނީ އެމީހުން ތައްޔާރުކޮށްފައިވާ ޑިޒައިނަކީ ބޮޑެތި ކުންފުނިތަކުން އުފައްދާ ޕްރޮސްތެޓިކްގެ އަގާ އަޅާކިޔާއިރު 10 ގުނަ އަގުހެޔޮ އެއްޗެކެވެ.

Sergey Galtsev adds cubes during the testing of a prosthetic right hand, made by his son Oleg, in Minsk, Belarus October 16, 2016. REUTERS/Vasily Fedosenko

އޯލެގްގެ ބައްޕަ ބުނެފައިވަނީ އަތް ބުރިވި ހާދިސާ އަކީ އޭނާގެ ދުނިޔެ އެފުށް މިފުށަށް ޖަހާލި ހާދިސާއެއް ކަމަށެވެ. އަދި ދަރިފުޅު އުފެއްދި ޕްރޮސްތެޓިކް އަތާއެކު ގިނަ ކަންތައްތަކެއް އޭނާއަށް ކުރެވޭ ކަމަށެވެ.

“މީ ވަރަަށް ރަގަޅު އެއްޗެއް. އެތައް ބަޔަކަށް މިއިން އެހީވެދެވޭނެ. އަހަރެން ލަކުޑި ކީހައި، ވިނަ ކޮށައި ގޭތެރޭގެ ބައެއް މަސައްކަތްތައްވެސް ކޮށްފިން މި އަތް ބޭނުންކޮށްގެން”، ސާޖީ އޭނާގެ ދަރިފުޅު ތައްޔާރުކުރި އަތް ޓެސްޓުކުރުމަށްފަހު ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top