އޮޑިޝަން އަށް ޖަޖުން އޭދަފުށްޓަށް. އޭދަފުށީގެ މަރުހަބާ އާދަޔާ ޚިލާފު!

DSCN0946.jpg

މޯލްޑިވިއަން އައިޑޮލް ސީޒަން 2 ގެ އޭދަފުށީ އޮޑިޝަން ކުރިއަށް ގެންދިއުމަށް މިއަދު މި ޝޯ ގެ ތިން ޖަޖުން އޭދަފުށްޓަށް އައުމާއެކު އޭދަފުށިން ކީ އާދަޔާ ޚިލާފު މަރުހަބާއެއްކަމަށް އޭދަފުށީގައި މިޝޯވގެ އިންތިޒާމްތައް ހަމަޖެއްސުމަށް އައިސް ތިއްބެވި ޕީއެސްއެމްގެ ޓީމުން  ބުނެފިއެވެ. އެހެން ނުބުނެވޭންވީ ސަބަބެއްނެތެވެ. ޖަޖުންނަށް މަރުހަބާކިއުމަށް އޭދަފުށީ ބަނދަރުމަތީގެ އެކި ހިސާބުތަކުގައި ހުރިހާ އުމުރެއްގެ މީހުންވެސް ޖަމާވެފާއި އޮތީ ގައުމީ ބޮޑު އިވެންޓެއް ފާހަގަ ކުރާ ފަދައަކުންނެވެ.  ޓީމްގެ ބޭފުޅުން ސިފަކުރައްވާގޮތުގައި އައިޑޮލްގެ ފޯރީގައި ނުޖެހޭ މީހަކު މި ރަށުގައި ހަމަ ނެތީ އެވެ. ފޯރި މާ ގަދައީ އެވެ.

ޕީއެސްއެމް ގެ ޓީމުން ވިދާޅުވީ ހީކުރިވަރަށް ވުރެ ބޮޑު ތަރުހީބެއް މިޝޯއަށް ލިބުނުކަމަށާއި  މިއަދު ކުރިއަށް ގެންދަނީ އޯޕަން އޮޑިޝަން ކަމުގައެވެ. ޖަޖުންގެ އޮޑިޝަން ފެށުމަށް ހަމަޖެހިިފައިވަނީ މާދަމާއެވެ.

dscn0925

އޮޑިޝަނުގައި ބައިވެރިވުމަށް އޭދަފުށީގެ އިތުރުން އެހެން ރަށްތަކުން އައިސް ތިބި ޒުވާނުން މިއަދު ހެނދުނުއްސުރެ އޮޑިޝަންގެ ވެއިޓިން އޭރިއާގައި ކޭމްޕް ޖަހައިގެން ގްރޫޕްތައް ހަދައިގެން ތިބެ ގިޓާ ޖެހުމާ އެއާ އެއްހަމައަށް އަތްޖެހުމާއެކު ލަވަކިޔައި ފޯރި ނަގަމުންދާތަން ފެނިފައިވެއެވެ.

dscn0951

އުމުރުން 16 އަހަރާއި 30 އަހަރާ ދެމެވދުގެ އުމުރުފުރާއަށް ހުޅަވާލައިގެން ބާއްވާ މި އޮޑިޝަން އޭދަފުށީގައި ކުރިއަށް ގެންދަނީ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ.

އޭދަފުށްޓަކީ މޯލްޑިވިއަން އައިޑޮލް ސީޒަން 2 އަށް ކުދިންހޮވާ ތިން ވަނަ އޮޑިޝަން އޮންނަ ރަށެވެ. މީގެ ކުރިން އައްޑޫ ސިޓީ އާއި ކުޅުދުއްފުށީގައި ވަނީ އޮޑިޝަން ކުރިއަށް ގެންގޮސް ފައެވެ. ކުރިއަށް ދެން އޮތީ ލ. ގަމުގެ އޮޑިޝަނާއި މާލޭ ސިޓީގެ އޮޑިޝަނެވެ.

މި އޮޑިޝަންތަކަށް ފަހު ޓީވީއެމް އިން މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއް ޕްރިމިއާކުރާނީ އަންނަ އަހަރުގެ ޖެނުއަނީ މަހުގެ ކުރީކޮޅު އެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު