މާޅޮހުގެ ބަނދަރު ހަދަން އަންނަ މަހު ފަށާނެކަމަށް ބުނެފި

large_1690369628384VUM.png

ބ.މާޅޮހު ބަނދަރު--:ސަން ފޮޓޯ

މިއަހަރުގެ މާރިޗު މަހު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކުރި ބ.މާޅޮހުގެ ބަނދަރު މަރާމާތުކުރުމުގެ މަޝްރޫއާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އަންނަ އޮގަސްޓު މަހު ފަށާނެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އީއައިއޭގެ މަސައްކަތް ކަމަށާއި އެ މަސައްކަތް އޯގަސްޓު މަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

”އާންމު އުސޫލެއްގެ ގޮތުން އީއައިއޭގެ މަސައްކަތް ނިމޭތާ ދެ ހަފުތާއެއް ތެރޭ އަޅުގަނޑުމެން އަމަލީ މަަސައްކަތް ފަށަން. އެހެން ނަމަވެސް މި ޕްރޮޖެކްޓު މިތަން އޮތް ހާލަތު ފެނިފަ މާ އަވަސްކުރަން ޖެހޭ ކަންނޭނގެ މި މަސައްކަތް ކުރުމުގަ. އިރާދަކުރެއްވިއްޔާ ބަނދަރުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭ ނިންމަން އަޅުގަނޑުމެން ޓާގެޓް ކުރާނަން،“ އާޒިމް ވިދާޅުވިއެވެ.

ވަރަށް ބޮޑަށް ހަލާކުވެފައިވާ މާޅޮހު ބަނދަރުގެ ހާލަތު ބަޔާން ކޮށްދެއްވަމުން މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ، ބަނދަރުގެ މައްސަލައަކީ މިހާރު އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން އޮތް މައްސަލަ ކަމަށެވެ. ބަނދަރު ހަލާކުވުމުގެ ސަބަބުން ލަފާފުރާ އަންނަ އުޅަނދުފަހަރުން މީހުން ފޭބުމާއި މުދާ ބޭލުމަށް ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށް ޝުޖާއު ވިދާޅުވިއެވެ. 

މި ދެ މަޝްރޫއުގެ ޖުމުލަ އަގަކީ 75 މިލިއަން ރުފިޔާއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top