ގޮއިދޫ ބަލިކޮށް އޭދަފުށި ފައިނަލަށް

IMG-a838b7f9c229caad9d0fe0f53b0eb46a-V-1024x682.jpg

ދޮންފަނު އިންވިޓޭޝަން ކަޕްގައި ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ގޮއިދޫ އާ ވާދަކޮށް މެޗު ނިމުނު އިރު ދެޓީމަށްވެސް ލަނޑެއް ނުޖެހި އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 7-6 އިން އޭދަފުށި މޮޅުވެއްޖެ އެވެ. މި މޮޅާއެކު އޭދަފުށި މިހާރު މިވަނީ ފައިނަލަށް ދަތުރު ކޮށްފައެވެ.

މި މެޗުގައި އެދަފުށީ ޓީމްގެ ގިން ހަމަލާތަކެއް ގޯލަށް އަމާޒު ކުރެވުނު އިރު އެހަމަލާތައް ދިފާއު ކުރުމުގައި ގޮއިދޫ ޓީމްގެ މޮޅުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިގެން ދިޔަ އެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީ ޓީމްގެ ހަމްދާން އަބްދުއްސައްތާރުއެވެ.

މިމުބާރާތުގައި މާދަމާ ކުޅޭނީ ސެމީ ފައިނަލްގެ ދެވަނަ މެޗެވެ. މިމެޗްގައި ވާދަކުރާނީ މުބާރާތް ބާއްވާ ދޮންފަނާއި ކިހާދޫއެވެ. ދޮންފަނު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރީ ގްރޫޕް އޭގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ކިހާދޫ ސެމީފަނަށް ދަތުރު ކުރީ ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.

މުބާރާތުގެ ދެވަނަ ސެމީ ފައިނަލުގައި މާދަމާ ބައްދަލު ކުރާނީކިހާދޫ އާއި ދޮންފަނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top