ޓެކްސްޓް ފޮތްތައް ދޫކުރަން ފަށައިފި

7-1-800x468-800x468-800x468-800x468.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު

ބ.އަތޮޅު ތައުލިމީ މަރުކަޒުގެ ދަރިވަރިންނަށް އަންނަ ދިރާސީ އާ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައްމިއަދު ދޫކުރަން ފަށައިފިއެވެ.

ތައުލީމީ މަރުކަޒުން ބުނީ އެސްކޫލްގެ ގްރޭޑް 1އިންފެށިގެން 9 އަކާ ހަމައަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް މިއަދުން ފެށިގެން  ދޫކުރަމުން ގެންދާނެ ކަމަށެވެ. ނަމަވެސް ގްރޭޑް 10ގެ ޓެކްސްޓް ފޮތްތައް އަދި ސްކޫލަށް ލިބިފައިނުވާތީ އެފޮތްތައް ލިބުމުން ދޫކުރާނެ ތާރީޚެއް އަންގާނެ ކަމަށެވެ.

ގްރޭޑް 1 އިން ފެށިގެން 9އާދެމެދުގެ ގްރޭޑްތަކަށް މިއަދު ޓެކްސްޓް ފޮތްތައް މިއަދު ދޫކުރަން ފެށި ނަމަވެސް އެ ގްރޭޑް ތަކުގެ ހުރިހާ ފޮތެއް ހަމައަކަށް އަދި ނުލިބެއެވެ.

ދިރާސީ އާ އަހަރުގެ ޓެކްސްޓްފޮތްތައް މިއަދު ދޫކުރަން ފަށާފައިވާ އިރު އާ މަންހަޖުގެ ދަށުން މިއަހަރު ކީ ސްޓޭޖް 4 ގެ ދަރިވަރުން ކިޔަވާ ޓެކްސްޓް ފޮތްތައް ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އަންނަ އާދީއްތަ ދުވަހު އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top