ވަގުން ހިފަންއައި މަޖިލީހަށް 2އަހަރު. ވައްކަން ކުރި އެންމެން ގޭގައި :ހައިިލަމް .

V81DqzBwdAeTsd7oPaRfBzPldJdMLycrNr5qJBWM.jpeg

ވަގުން ހިފަން އައި މަޖިލިހަށް ދެ އަހަރުވާއިރު ވައްކަންކުރި އެންމެން ތިބީ ގޭގައި ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް، ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެޖޯރިޓީއާއެކު އެކުލަވައިލާފައިވާ ޖޭއެސްސީއަށް ކަމުނުގޮސްގެން މަގާމުން ވަކިކޮށްފައިވާ ހައިލަމް މިހެން ވިދާޅުވެފައިވަނީ، ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީ، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ދައުލަތުން މާދަމާ އަބްދުﷲ ޒިޔަތަށް ހުކުމް އިއްވާނެ ކަމަށާއި، ކޯޓުގެ ހުކުމަކީވެސް ޑީލެއް ކަމަށް ވިދާޅުވެ ކުރައްވާފައިވާ ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.

“ވަގުން ހިފަން އައި މަޖިލިހަށް 2 އަހަރުވާއިރު، ވައްކަންކުރި އެންމެން ތިބީ ގޭގައި. އެމްއެމްޕީއާރްސީގެ 1 ރ. ވެސް ހޯދިފައިނުވޭ. ސަފާރީ ކޭހަށް ވީގޮތް އެނގޭ މީހަކު ނެތް. 10 މީހަކަށް ޖިންސީ ގޯނާކުރި މިނިސްޓަރު ހުރީ ގޭގައި. އަނިޔާއާއި ވައްކަމަކީ ބަޔަކު ދެކޮޅުހަދާ ފަލްސަފާއެކޭ ބުނާތީ އިވޭ.” ހައިލަމް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވެ ނުވަތަ އެޚިޔާނާތުން މަންފާ ލިބުނު ފަރާތްތަކުގެ ތެރޭގައި 200 އާ ގާތްކުރާ އަދަދަކަށް މީހުން އެބަތިބި ކަމަށް އެކރަސްމީ އެކި ފަރާތތްކުން މައުލޫމާތު ދީފައިވެ އެވެ. އޭގެތެރެއިން މައްސަލައިގެ ތަހުގީގު ހިންގާ ހުކުމެއް ކޮށްފައިވަނީ ކުރީގެ ރައީސް ޔާމީނާއި، ނައިބު ރައީސް އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ މައްޗަށެވެ.

ހައިލަމް ފާހަގަ ކުރައްވާފައިވާ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ނުވަތަ “ރޯޔަލް ރޭޕް ކޭސް” މިހާރު ވަނީ އޮބިގެން ގޮސްފައެވެ. ހޯމް މިނިސްޓަރ ވިދާޅުވެފައިވަނީ ސަފާރީގައި ހިނގީ އާންމުންގެ ތެރޭގައި ވެސް ހިނގާ ފަދަ އާދައިގެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ވެސް މިސަރުކާރުގައި ހިންގާފައިވާ ކަމަށް ބުނާ ބޮޑެތި ޚިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކަ ދެއްކުން ފިޔަވައި އެހެން ކަމެއް ހިނގަމުން ނުދާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top