އާސަންދައިން ދެން ބޭސް ނެގޭނީ އޯޓީޕީ ދިނުމުން

big_cX7cpQsE215n4UxbKd7iDM9HX.jpg

އާސަންދައިގެ ދަށުން ބޭސް ސިޓީއަށް ދެން ބޭސް ނެގޭނީ ބޭސް ގަންނަ މީހާގެ ފޯނަށް އާސަންދަ އިން ފޮނުވާ އޯޓީޕީ ނަމްބަރު ދިނުމުން ކަމަށް އާސަންދައިން ބުނެފިއެވެ.

“އާސަންދައިގެ ދަށުން ބޭސް ސިޓީއަށް ބޭސް ނަގަން ފާމަސީއަށް ދިއުމުން ފޯނަށް ލިބޭނެ ޑިސްޕެންސިން ކޯޑު ހިމެނޭ އެސްއެމްއެސް އެއް. މި ކޯޑު އެކްޕެއާ ވާނެ އެއް ގަޑިއިރުގެ ތެރޭގައި،” އާސަންދައިގެ އޮފިޝަލަކު ވިދާޅުވި އެވެ.

އާސަންދައިން ބުނީ މި ބަދަލު އެންމެ ފުރަތަމަ ގެނައި މާލޭގެ ބޭސް ފިހާރަތަކަށް ކަމަށެވެ. އެގޮތުން ބޭސް ނަގަން ދާ މީހާގެ އައިޑީކާޑު ނަމްބަރާއި ފޯނު ނަމްބަރުގެ ތަފްސީލު ހޯދައި، ފޯނަށް އަންނަ އޯޓީޕީ ނަމްބަރު ދިނުމުން ނޫނީ ޓްރާންސެކްޝަން ފުރިހަމަ ނުވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އާސަންދަ ކުންފުނިން މި ގޮތަށް ހަމަޖެއްސީ ބައެއް ކަސްޓަމަރުންނަށް ނޭނގި އެ މީހުންގެ އާސަންދަ ބޭނުންކޮށްގެން ފާމަސީތަކުން ޚިދުމަތް ހޯދާކަމުގެ ޝަކުވާ ލިބެމުންދާތީ ކަމަށެވެ. އެހެންވެ މި ބަދަލު ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހުރިހާ ބޭސް ފިހާރައަކަށް ތައާރަފްކުރުމަށް ވަނީ ނިންމައިފަ އެވެ.

އާސަންދައިގެ ދަށުން ބޭސް ދޫކުރާ އުސޫލަށް ބަދަލު ގެނެސްފައިވާއިރު އާސަންދައަށް މިއަހަރުގެ މިހާތަނަށް ކުރި ޚަރަދު ވަނީ 1.5 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top