ސެނެޓައިޒާގެ އަގު ބޮޑެއް ނުކުރަން. ރެޑްވޭވްގެ އަމާޒަކީ ތަކެތީގެއަގު އެއްހަމައެއްގައި ހިފެހެއްޓުން :ޝުޖާއު

large_158028298943rbcY.jpg

ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަ މޯލް-- ފޮޓޯ :ސަން.އެމްވީ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމުގެ މަސްލަހަތު އޮންނަ “ރެޑްވޭވް”ކުންފުނިން ހިންގާ ފިހާރަތަކުން، ކޮވިޑް19 އާއި ގުޅުވައިގެން ހޭންޑް ސެނެޓައިޒަރ އަގު ބޮޑުކޮށް ވިއްކަމުންދާ ކަމަށް މީސް މީޑިއާގައި ފަތުރާ ވާހަކަތައް އެ ކުންފުނިން ދޮގު ކޮށްފިއެވެ.

މިކަމާގުޅިގެން ރެޑްވޭވްގެ ޖެނެރަލް މެނޭޖަރ އަދި ބާރަށު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއު މީސް މީޑިއާގައި ލިޔެފައިވާ ބަޔާނުގައި ބުނެފައިވަނީ މިއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއްނޫންކަމަށެވެ. ރެޑްވޭވް ފިހާރަތަކަކީ މާކެޓްގައި ތަކެތީގެ އަގު މައްޗައް ނުގެންގޮސް އެއްވަރެއްގައި ހިފެހެއްޓުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ރީޓެއިލް ޗެއިންކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ ނާޒުކު ވަގުތެއްގައި ރައްޔިތުންގެ ހިތްތައް ނުތަނަވެސްކޮށް ރެޑްވޭވްއަށް ރައްޔިތުންގެ މެދުގައި އޮތް ލޯތްބާއި އިތުބާރު ގެއްލުވާލުމަށް މަސައްކަތްކުރާ ފަރާތްތަކުން ފަތުރާ ދަށު ދަރަޖައިގެ ހަބަރުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ޝުޖާއުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރެޑްވޭވްގެ މެނޭޖަރު އަލީ ޝަހީމް ވިދާޅުވީ، 50 ރުފިޔާއަށް ވިއްކިކަމަށް ބުނާ ސެނެޓައިޒާ މިހާރު 120ރ އަށް ބޮޑުކޮށްފައިވާކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެ ފިހާރައިން ވިއްކާ އެއްވެސް މުދަލެއް އަގުބޮޑު ނުކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އޭނާ ވަނީ ދީފައެވެ.

“އަޅުގަނޑުމެން ވިއްކާ ޑިޓޯލް 50 އެމްއެލް ގެ ކުދި ފުޅި އަކީ ފެށުނީއްސުރެން 50ރ އަށް ވިއްކަމުން އަންނަ އެއްޗެއް. ދެން ހުންނާނީ 200 އެމްއެލްގެ ފުޅި. އެ ވިއްކަނީ 120ރ އަށް. ބޭސްފިހާރަތަކުން މި ލިބެން ހުންނާނީ 170ރ އަށް. އެހެންވީމާ މިއީ ބަޔަކު އޮޅުވާލަންކޮށްފައިވާކަމެއް.” އަލީ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top