ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިއްޖެ

big_m63e8gSxBOmrJrABDZmTGvLKL.jpg

ރާއްޖެ އިން ކޮރޯނާވައިރަހަށް ދެ މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

މިކަމާ ގުޅިގެން ސަރުކާރުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ދެ މުވައްޒަފުން ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީން ކަމަށް އަމީން ވިދާޅުވިއެވެ. ނަމަވެސް އެ މީހުން ނިސްބަތްވާ ގައުމެއް ހާމަކުރައްވާފައެއް ނުވެއެވެ.

“އެހެންވީމަ ރާއްޖެއިން މީގެ ދެ ކޭސް މި ފެނުނީ، މިކަމާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް އިއްޔެ އިން ފެށިގެން އަޅުގަނޑުމެން ކުރަމުން މި ގެންދަނީ”. އޭނާ ވިދާޅުވިއެވެ.

އެ ދެ މީހުންނަށް ވެސް މިހާރު ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ ކަރަންޓީނު މަރުކަޒުގައި އަންނަނީ ފަރުވާ ދެމުންނެވެ.

އަމީން ވިދާޅުވީ، އެރަށު ސަސްޕެކްޓް ކޭސްތައް ފެނިގެން މީގެ ކުރިންވެސް އެރަށަށް އަރާ ފޭބުން މަނާކޮށް، ކޮންޓެކްޓް ޓްރޭސް ހެދުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

މީގެއިތުރުން މިހާރުގެ ހާލަތަށް ބަލައި ކުރެއްދޫ ރިސޯޓަށް މީހުން އަރާފޭބުން އަދިވެސް މަނާކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

ކުރެއްދޫ ރިސޯޓުގެ މުވައްޒަފުން ވައިރަހަށް ޓެސްޓު ކުރަން ފެށީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް އަނބުރާ ގައުމަށް ދިޔަ އިޓަލީ މީހަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާތީއެވެ.

އިތުރު ތަފްސީލް އަންނަނީ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top