ރަށު ކައުންސިލްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެއް ބ.އަތޮޅުގައި

big_49JbPCcxouq2Agmm4ZK8C21xm.jpg

"ކޮޑިކް "ޖަމިއްޔާ އިން ބ.އަތޮޅުގައި ކުރއަށްގެންދާ މަސައްކަތު ބައްދަލުވުމުގެ ތެރެއިން. ފޮޓޯ ކޮޑިކް

ޔޫއެންޑީޕީއާއި ކޮމިއުނިޓީ ޑިވެލަޕްމަންޓް އިނީޝިއޭޓިވް (ކޮޑިކް) ޖަމިއްޔާ ގުޅިގެން ، ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތަކަށް ޕްރޮޕޯސަލާއި ބަޖެޓް ތައްޔާރުކުރުމާގުޅޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

ބ.އަތޮޅުގެ ރަށު ކައުންސިލްތަކާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ބައްދަލުވުން ކުރިއަށް ގެންދަނީ ކިހާދޫގައި ހުންނަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) ގައެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިމަސައްކަތު ބައްދަލުވުމުގައި ބ.އަތޮޅުގެ އެކި ރަށްރަށުން 21 މީހުން ބައިވެރިވެ އެވެ.

ކޮޑިކް ޖަމިއްޔާއިން ބުނީ މި މަސައްކަތު ބައްދަލުވުމުގައި ކައުންސިލް ތަކުން ކުރާ މަސައްކަތްތަކަށް ޕްރޮޕޯސަލް ހަދާނެ ގޮތާއި، ބަޖެޓް ތައްޔާރުކޮށް އެކަންކަމަށް ފަންޑް ހޯދާނެ ގޮތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މި މަސައްކަތު ބައްދަލުވުމުގައި، މަޢުލޫމާތު ދެއްވާނީ ކަމާ ގުޅުންހުރި ތަޖުރިބާކާރު ބޭފުޅުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top