އުރީދޫން 100 ރުފިޔާއަށް 100 ޖީބީ

Press-Brief60-prekwfmw3phc1tp5ikj0efdd40e3ljlvwvrpslau7k.jpg

ދިވެހި ރާއްޖޭގެ މިނިވަން ދުވަހާއި އަޟްހާ އީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުވައި، “ބޮޑު ޗުއްޓީ ޕެކް” ގެ ނަމުގައި ޚާއްސަ އޮފަރ އެއް ތައާރަފް ކޮށްފިއެވެ.

މި އޮފަރ ތައާރަފް ކުރެވިފައިވަނީ މިނިވަން ދުވަހާއި އަޟްހާ އީދާއި ގުޅިގެން ލިބޭ މި ބަންދުގައި، ކޮންމެތާކު، ކޮންމެވަގުތެއްގައިވެސް އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުންކަމަށް އުރީދޫން ބުނެއެވެ.

މި ޕެކް އެކްޓިވޭޓުކުރާ ދުވަހުން ފެށިގެން ތިން ދުވަހަށް ބޭނުން ކުރެވޭނެ އެވެ.

އުރީދޫގެ އެ އޮފާ އުރީދޫގެ މޮބައިލް އެޕާއި *929*1# އަށް ގުޅައިގެން އެކްޓިވޭޓް ކުރެވޭނެ އެވެ. ނުވަތަ 100GB ޖެހުމަށް ފަހު 5555 އަށް އެސްއެމްއެސް ކޮށް ގެން ވެސް އެ ޕެކް އެކްޓިވޭޓު ކުރެވޭނެ އެވެ. އުރީދޫގެ އެ އޮފާ ލިބޭނީ މި މަހުގެ 31 އާ ހަމައަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top