ރާއްޖޭގެ އާބާދީ ފަސް ލައްކައަށް ވުރެ މައްޗަށް!

ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ ފަސް ލައްކަ ފަހަނައަޅާ ހިނގައްޖެކަމަށް  ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ. ފިއެވެ.

އެ ބިއުރޯއިން އަންދާޒާ ކުރިގޮތުގައި މިހާރު ރާއްޖޭގެ އާބާދީއަކީ 557426 އެވެ.

މި އާބާދީގެ 40.8 އިން ސައްތަ މީހުން ދިރިއުޅެނީ މާލޭގައެވެ. އެއީ 227486 މީހުންނެވެ.

މާލެއަށް ފަހު އެންމެ ގިނަ މީހުން ދިރިއުޅެނީ މާލެއަތޮޅުގައެވެ. އެއީ 41382 މީހުންނެވެ. ރާއްޖޭގައި އަދިވެސް 10000 މީހުން ހަމަނުވާ ހަތަރު އަތޮޅު އޮތްއިރު، އެންމެ ކުޑަ އާބާދީއެއް އޮތީ ވ.އަތޮޅުގައެވެ. އެގޮތުން އެ އަތޮޅުގެ އާބާދީއަކީ 2688 އެވެ.

10،000 މީހުން ދެން ހަމަނުވާ އަތޮޅުތަކަކީ މ.އަތޮޅާއި ފ.އަތޮޅު އަދި ޏ. އަތޮޅެވެ. އެގޮތުން މ.އަތޮޅުގެ އާބާދީ 6747 ގައި އުޅޭއިރު ފ.އަތޮޅުގެ އާބާދީއަކީ 5941 އެވެ. އަދި ފުވައްމުލައް ސިޓީގެ އާބާދީއަކީ 9873 އެވެ. އާބާދީ 20،000 ނުވަތަ އެއަށް ވުރެ މަތީގައި އުޅެނީ ފަސް އަތޮޅެއްގައެވެ. އެއީ އައްޑޫ ސިޓީ (26635 މީހުން) އާއި އދ.އަތޮޅާއި (20،248 މީހުން) ބ.އަތޮޅާއި (21145 މީހުން) ރ.އަތޮޅު (20297 މީހުން) އިތުރުން ހދ.އަތޮޅު (23157 މީހުން) އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top