ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކޮވިޑް ޖެހިއްޖެ

31698880_2042068169381284_3025273035138531328_o.jpg

ކްރިސްޓިއަން ރޮނާލްޑޯ

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޕޯޗުގަލްގެ ކެޕްޓަން އަދި ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އުމުރުން 35 އަހަރުގެ ތަރި، ކޮވިޑަށް ފައްސިވުމާއެކު މިހާރު ވަނީ ޕޯޗުގަލްގެ ގައުމީ ޓީމުން ރިލީސް ދީފައެވެ.

އެއާއެކު ޔޫއޭފާ ނޭޝަންސް ލީގުގައި މާދަމާ، ޕޯޗުގަލް އިން ސްވިޑެން އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ރޮނާލްޑޯ ނުކުޅޭނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރޮނާލްޑޯ ކޮވިޑަށް ފައްސިވި ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. ނަމަވެސް ސެލްފް އައިސޮލޭޝަންގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެއެވެ.

އޭނާއަށް ކޮވިޑް ޖެހިފައިވާކަން ޕޯޗްގަލްގެ ފުޓްބޯލް ފެޑެރޭޝަނުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެހެންނަމަވެސް އޭނާގެ ފަރާތުން އަދި ކޮވިޑްގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި ހާލު ރަނގަޅު ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ.

ރޮނަލްޑޯއަށް ކޮވިޑް ޖެހި، ދެ ހަފްތާ ވަންދެން ކަރަންޓީނުގައި ހުންނަންޖެހޭތީ އޭނަ މިހާރު ވަނީ ޕޯޗުގަލްގެ ސްކޮޑުން ބާކީކޮށްފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top