އޯވަޓައިމް ނުދީ މަސައްކަތް ކުރުވާ ރިސޯޓްތަކުގެ ނަންތައް ލިސްޓް ކުރަން ހުޅުވާލައިފި

Screen-Shot-2020-09-28-at-11.28.04-PM.png

އިތުރު ގަޑި ނުދީ މަސައްކަތް ކުރުވާ ރިސޯޓްތަކުގެ ނަންތައް ލިސްޓް ކުރަން ރިސޯޓް ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުން ހުޅުވާލައިފިއެވެ.

ގިނަ އަދަދެއްގެ ރިސޯޓް މަސައްކަތްތެރިންވެސް ފޮލޯކޮށްފައިވާ މި ޕޭޖުގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ އިތުރު ގަޑި ނުދީ މަސައްކަތް ކުރުވާ ރިސޯޓުތަކުގެ ނަންތައް ލިސްޓް ކުރަން ހުޅުވާލާ ކަމަށެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ޕޭޖެކެވެ.

51 ހާސް މީހުން ފޮލޯކުރާ މި ޕޭޖު މެދުވެރިކޮށް ބައެއް ރިސޯޓު ތަކުން ސާވިސްޗާޖް ދޭ ވަރާއި ރިސޯޓު މަސައްކަތްތެރިންގެ ކަންބޮޑުވުންތައް އާންމުކޮށް، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރެއެވެ. އަދި ރިސޯޓުތަކުގައި ހިންގާ ތަފާތު ކުރުމުގެ އަމަލުތަކުން ފެށިގެން ގާނޫނީ ގޮތުން މުވައްޒަފުންނަށް ލިބެން ޖެހޭ ހައްގު ތަކަށް އުނިކަން ލިބޭ ފަދަ ކަމެއް ހިންގާނަމަ އެ ހައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރެއެވެ.

”އެންމެ ގިނަ ފަހަރު ނަން ޖަހާ ރިސޯޓްތަކުގެ މައްސަލަ ޓީމް މެދުވެރިކޮށް ކޯޓަށް ހުށަހަޅާނަން“ އެ ޕޯސްޓްގައި ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top