ތަޖްރިބާ ދަތުރެއްގައި ހިތާދޫ ކައުންސިލުން ފައިނަށް

viber_image_2022-12-17_10-33-10-802.jpg

ފޮޓޯ: ފައިނު ކައުންސިލް

ތަޖްރިބާ ދަތުރެއްގައި ބ.ހިތާދޫ ކައުންސިލުން ރ. ފައިނަށް ހިނގައްޖެއެވެ.

ހިތާދޫ ގެ އިތުރުން ނ. މާޅެންދޫ ކައުންސިލްގެ ޓީމެއްވެސް މިއަދުވަނީ ފައިނަށް ގޮސްފައެވެ. އެ ދެ ކައުންސިލްގެ ޓީމަށްވެސް ފައިނު ކައުންސިލުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

މި ދަތުރުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި ފައިނު ކައުންސިލާއިމެދު ހިންގުމުގެ ތަޖުރިބާ ހިއްސާ ކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އަދި ރަށަށް ވަޑައިގެންނެވި ޓީމްތަކުން ވަނީ ރަށުގެ މުހިންމު ތަންތަނަށް ޒިޔާރަތްކޮށް އެ ތަންތަނާ ބެހޭ މައުލޫމާތު އެއްކުރައްވާފައި ވެއެވެ.

ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ތަޖުރިބާ ހޯދުމުގެ ގޮތުން އެއްކައުންސިލުން އަނެއް ކައުންސިލްގެ ތަޖުރިބާ ހޯދާ ބެލުމަކީ މިހާރު ވަރަށް އާންމުކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top