ކޮވިޑް-19 ގައި މިއަދު އެކަނިވެސް މިހާތަނަށް 6 މީހަކު މަރުވެއްޖެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 63 އަހަރުގެ ދިވެހި އަންހެނަކާއި އުމުރުން 51 އަހަރުގެ އިންޑިއާ ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި މިއަދު ހެނދުނު އައިޖީއެމްއެޗް އީއާރްއަށް ގެނައި އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ މަރުވެފައެވެ. މީގެ އިތުރުން ލ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދެ މީހަކުވެސް ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި މަރުވެފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ނުރައްކާ މިންވަރަކަށް އަންނަނީ އިތުރުވަމުންނެވެ.
މިހާތަނަށް މި ބަލީގައި ރާއްޖެއިން ޖުމްލަ 111މީހުން ވަނީ މަރުވެފަ އެވެ.