އޭދަފުށީގައި ކަރަންޓީނު ގައި ހުރި މީހަކު އެޗްޕީއޭގެ އުސޫލާއި ޚިލާފަށް ގެއިން ބޭރަށް ނުކުމެ އުޅުމުން ދިހަހާސް ރުފިޔާއިން ޖުރުމަނާ ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިކަން ޔަގީންކޮށްދެމުން ވިދާޅުވިީ އޭދަފުށީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު، މިދިޔަ އާދީއްތަ ދުވަހު ބޭރުތެރެއަށް ނުކުމެ އުޅުނު މައްސަލައިގައި 10،000ރ (ދިހަ ހާސް ރުފިޔާ) އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އޭދަފުށިން ކޮވިޑްއަށް ޕޮޒިޓިވް މީހަކު ފެނިގެން ރަށް މޮނިޓަރިންގ އަށް ލާފައިވަނީ މިދިޔަ މަހު 19 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން މި ބަލިމަޑުކަމަށް ހުއްޓުމެއް ނައިސް އަދިވެސް ޕޮޒިޓިވް ވާ މީހުން ދަނީ އިތުރުވަމުންނެވެ. އިތުރު ފިޔަވަޅެއްގެ ގޮތުން މިހާރުވަނީ ހަވީރު 4 އިން ފެށިގެން ފަތިހު 4 އާ ހަމައަށް ކާފިއު އިއުލާނު ކޮށް ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ގެއިން ނުކުތުން މަނާ ކޮށްފައެވެ.
މިއަދުގެ ނިޔަލަށް އޭދަފުށިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހުންނާ އެކު، އެކްޓިވް ކޭސްތަކުގެ އަދަދު 68 އަށް އަރައިފަ އެވެ.