ބ.ކެންދުއާއި ގޮއިދޫގައި އައުޓްޑޯ ވޮލީކޯޓެއް އަޅައިދޭނެ ބަޔަކު ހޯދަން މިއަދު އިއުލާނު ކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ކޮށްފައިވާ މި އިއުލާނުގައި މި ދެ ރަށުގެ އިތުރުންވެސް އުތުރުގެ ހަ ރަށެއްގައި އައުޓްޑޯ ވޮލީކޯޓް އަޅައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށް ވަނީ އިއުލާނު ކޮށްފަ އެވެ.
މި މަސައްކަތާ ގުޅޭ މައުލޫމާތު އެއިޢުލާނާއެކު ވަނީ ގެޒެޓް ކުރެވިފައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މެއި މަހުގެ 23 ވަނަ ދުވަހުގެ 13:30 ގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގައެވެ.