ކޮވިޑްގެ ވޭރިއަންޓްތައް ދެނެގަނެވޭ މެޝިނެއް ރާއްޖެއަށް

Screenshot-2022-04-07-at-12.01.27.png

ކޮވިޑް-19ގެ ތަފާތު ވޭރިއެންޓްތައް ދެނެގަތުމަށް ބޭނުންކުރާ ޖީން ސީކުއެންސް މެޝިނެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މި މެޝިނާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ.

މި މެޝިންގެ އެހީގައި ކޮވިޑް-19 ފެތުރޭ މިންވަރު ބެލުމާއި، ވައިރަސްގެ ހަރަކާތްތަކާއި، އެއަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި، އިންފްލުއެންޒާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

މީގެ ކުރިން ރާއްޖެއިން ޖީން ސީކުއެންސް ހަދަމުން ދިޔައީ ރާއްޖޭން ބޭރަށް ސާމްޕަލް ފޮނުވައިގެންނެވެ.

ނަމަވެސް ރާއްޖޭގައި އޭގެ މެޝިން ބޭނުންކުރަން ފެށުމުން އެކަމަށް ހޭދަވާ ވަގުތާއި ހަރަދު ކުޑަވެ، އަވަހަށް ފަސޭހަކަމާއެކު ކޯވިޑްގެ ވޭރިއަންޓްތައް ދައުރުވާ މިންވަރު ދެނެގަނެވޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން  ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top