ކައުންސިލްތަކަށް ހާއްސަ ކޯލްސެންޓަރެއް ގާއިމުކޮށް

GquN2FyGiwxJpGu5tYPfhxhLdunH6wDdXKdxDpcv.jpg

ކައުންސިލްތަކަށް ހާއްސަ ކޯލް ސެންޓަރެއް އިކޮނޮމިކް މިނިސްޓްރީގައި ގާއިމުކޮށްފިއެވެ.

މި ކޯލްސެންޓަރަކީ އެ ވުޒާރާއިން ދެމުންގެންދާ ހިދުމަތްތަކާ ގުޅިގެން، ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގާއިމު ކުރި ކޯލް ސެންޓަރެއް ކަމެއްކަމަށާއި މި ކޯލްސެންޓަރުގެ ސަބަބުން ކައުންސިލްތަކާއި މިނިސްޓްރީއާއި ފަސޭހައިން ގުޅޭނެ ކަމަށް އެމިނިސްޓްރީން ބުންޏެވެ.

ކޯލްސެންޓަރުގެ ސަބަބުން އެ ވުޒާރާ މެދުވެރިކޮށް ދެމުންގެންދާ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ހިދުމަތްތަކާއި ބިދޭސީންނާ ގުޅިގެން ދެމުންގެންދާ ހިދުމަތްތަކާއި ބެހޭ މައުލޫމާތު ހިއްސާކުރުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ.

ރަށްރަށުގެ ކައުންސިލްތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި މިނިސްޓްރީތަކުން ލިބެންޖެހޭ ހުއްދަތައް ހޯދުމާއި އެހެނިހެން ކަންކަމުގައިވެސް ލަސްވާކަމުގެ ޝަކުވާ ގިނަ ކައުންސިލްތަކުން ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top