މިފްކޯއަށް މަސްގަންނަ އަދަދު ލިމިޓްކޮށްފި

mifco-kooddoo-pmyinn73caofep0q15b5jdyjihn38e1u4at4wjtt9s.jpg

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ގަންނަ މިންވަރު ލިމިޓްކޮށްފިއެވެ.

މިފްކޯއަށް މަސް ގަންނަ މިންވަރު ލިމިޓްކޮށްފައިވަނީ މިދުވަސް ހާއްސަކޮށް ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން ވަރަށް ރަނގަޅު ވުމާއިގުޅިގެން މަސްކިރުވާ މިންވަރު އިތުރު ވުމާއި ގުޅިގެންނެވެ.

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ މި ދުވަސްވަރު ދުވާލެއްގެ މައްޗަށް 800 ޓަނާ ހަމަޔަށް ކޫއްޑުއަށް މަސްކިރަމުންދާ ކަމަށާއި އަދި، ބައެއް ފަހަރު އެންމެ ދޯންޏަކުންވެސް 60 ޓަނުގެ މަސް ކިރަން އަންނަ ކަމަށެވެ. އެހެންކަމުން އެ ހުރިހާ މަހެއް ގަތުމުގައި ދަތިކަމެއް އުޅޭކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނި ގޮތުގައި ފާއިތުވި ދެ ދުވަހު އެކި ސެންޓަރުތަކަށް 1،390 ޓަނުގެ މަސް ކިރުވަން ދޯނިތަކުން ވަނީ ގޮސްފަ އެވެ. އެއީ އެވްރެޖުކޮށް ދޯންޏަކަށް 12 ޓަނު ކަމަށް ވާއިރު ބޮޑެތި ދޯނިތަކުން ދުވާލަކު 25-60 ޓަނުގެ މަސް ބާނަ އެވެ.

 

މަސްބާނާ މިންވަރު އިތުރުވުމާއި ގުޅިގެން މިފްކޯއިން މިހާރު ވަނީ ކޫއްުޑޫއަށް މަސްކިރާ މިންވަރު ލިމިޓް ކޮށް ކޮންމެ ދޯންޏަކުން ފަސް ޓަނުގެ މަސް ގަތުމަށް ނިންމާފައެވެ. މަސް ގަންނަ އަދަދު ލިމިޓު ކުރިޔަސް އިއްޔެގެ ނިޔަލަށް ކިޔުގައި ޖެހިފަ ތިބި ހުރިހާ ދޯންޏެއްގެ މަސް ކިރުވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް މިދުވަސްވަރު މަސްވެރިކަން ރަނގަޅުވެފައިވާއިރު މިފްކޯއަށް މަސްކިރާ މިންވަރު ލިމިޓްކުރުމުން ގިނަ މަސްވެރިން ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top