މާދަމާއިން ފެށިގެން ޖެނެރޭޝަނަލް ބޭން ގާނޫނަށް އަމަލުކުރަން ފަށާނެ

generation-ban-768x512-1.jpg

2007 ވަނަ އަހަރުގެ ޖެނުއަރީ 1 ގައި ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިންނަށް ދުންފަތް ބޭނުން ކުރުން މަނާ ކުރާ “ޖެނެރޭޝަނަލް ބޭން” ގާނޫނަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފަށާނެއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކުލަވާލި ގާނޫނެކެވެ.

މި ގާނޫނުގެ ދަށުން ޖެނުއަރީ 1، 2007 ގައި ނުވަތަ އެއަށްވުރެ ފަހުން އުފަންވެފައިވާ ކުދިން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވުމުގެ އިތުރުން، އެ ކުދިންނަށް ދުންފަތް ވިއްކުމާއި އިސްތިހާރު ކުރުމާއި ދިނުން ވެސް މަނާވާނެއެވެ.

ގާނޫނުގައި ބުނާގޮތުން ދުންފަތް ގަންނަނީ ޖެނުއަރީ 1، 2007، ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރު ކުރުމަކީ ދުންފަތް ވިއްކާ ފަރާތެއްގެ ޒިންމާއެކެވެ. ދުންފަތް ބޭނުން ނުކުރެވޭނެ އުުމުރުގެ މީހެއް ކަމަށް ޝައްކު ކުރެވޭ ނަމަ އެމީހެއްގެ އައިޑީކާޑު ވިއްކާ ފަރާތަށް ބެލޭނެއެވެ.

މި ގާނޫނުގެ ދަށުން 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތް ވިއްކުމުގެ މުއާމަލާތެއްްގައި ހަރަކާތްތެރިނުވެވޭނެ އެވެ. އަދި ގާނޫނަށް ގެނައި ބަދަލުގެ ދަށުން، ދުންފަތް ވިއްކޭނީ، އެކަމަށް ހާއްސަކޮށް ރަޖިސްޓްރީކޮށްގެންވެސްމެއެވެ.

މީގެ ކުރިން ޑިސެމްބަރު 2024، ގައި ސަރުކާރުން ދުންފަތުގެ ޓެކްސް ބޮޑުކޮށް ވޭޕް ބޭނުން ކުރުން ވެސް މަނާކޮށްފައިވާއިރު، މި ހުރިހާ ފިޔަވަޅުތަކުގެ މަގުސަދަކީ ދުންފަތުގެ އިސްތިއުމާލު ކުޑަކޮށް ޒުވާން ޖީލު ދުންފަތުގެ ނުރައްކަލުން ސަލާމަތް ކުރުން ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުން ދުންފަތާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ، މިދިޔަ އަހަރު ޑިސެމްބަރުން ފެށިގެން ދުންފަތުގެ ޓެކްސް ބޮޑުކޮށް ވޭޕް ވެސް ވަނީ ބޭން ކޮށްފައެވެ. މިކަމުގެ ސަބަބުން ވަގަށް ސިނގިރޭޓު އަދި ވޭޕް އެތެރެކުރާ ވަރު ވަނީ އިތުރުވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top