އޭދަފުށިން ކޮވިޑް 19ގެ އާ ކޭސްތަކެއް ފެނިއްޖެ

DSCN9874.jpg

އޭދަފުށި---އީވީ ފޮޓޯ

އޭދަފުށިން ކޮވިޑްގެ އާ ކޭސްތަކެއް ފެނިއްޖެ ކަމަށް ރަށުކައުންސިލުން ބުނެފިއެވެ. މިކަން ވަނީ ބ.އަތޮޅު ހޮސްޕިޓަލުން ވެސްޔަގީންކޮށްދީފައެވވެ.

ކައުންސިލުން މައުލޫމާތު ދިންގޮތުގައި ކޮވިޑްގެ ޕޮޒިޓިވް 4 ކޭސް މިއަދު އޭދަފުށިން ވަނީ ފެނިފައެވެ. މި ހަތަރު މީހުންނަކީވެސް ރޯގާގެ އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކަށް ދެއްކި ހަތަރު މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޑަކުއްޖަކާއި އެހެން ރަށަކުން އޭދަފުއްޓަށް އައި ދެމަފިރިންގެ އިތުރުން ރިސޯޓަކަށް ދާން ވެގެން ރިލީސް ސާޕްޕަލް ނެގި މީހެކެވެ.

މި ހަތަރު މީހުން ޕޮޒިޓިވް ވުމާއި ގުޅިގެން އެމީހުންނާ ގުޅުން ހުރި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދަން މިހާރު ވަނީ ފަށައިފަ އެވެ.

ކައުންސިލުން ބުނީ މިކަމާ ގުޅިގެން ރަށް މޮނީޓަރިން އަށް ލާން އަދި އަންގާފައި ނުވާކަމަށާ އެކަން ނިންމާނީ އެޗްޕީއޭއިން ކަމަށެވެ.

މިހާލަތުގައި މި އާލަމީ ވަބާ އިތުރަށް ފެތުރުނަ ނުދިނުމުގެ ގޮތުން ހުރިހާ އެންމެންވެސް މާސްކު އެޅުމަށާއި ބަލި ފެތުރެން މެދުވެރިވާނެ އެންމެހައި ކަންކަމުން ރައްކާތެރިވުމަށް ކައުންސިލުން އިލްތިމާސް ކުރެއްވިއެވެ. (ތަފްސީލުއަންނަނީ )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top