ބ.އަތޮޅުގެ ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުމަށް އެޑޮޕްޝަން ޕްރޮގްރާމެއް ފަށައިފި

l_148837061110doT1.jpg

ބ.އަތޮޅު ސްކޫލްތަކަށް އަމާޒުކޮށްގެން އިއްޔެ ފެށި އެޑޮޕްޝަން ޕްރޮގްރާމްގެ ތެރއިން - ފޮޓޯ : އެޑިއުކޭޝަން

އަތޮޅުތަކުގެ ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ބ. އަތޮޅު ސްކޫލްތަކަށް އަމާޒުކޮށްގެން ހިންގާ އެޑޮޕްޝަން ޕްރޮގްރާމް އިއްޔެ ފަށައިފިއެވެ.

ޕްރޮގްރާމް ފައްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ.

ޑރ.އާއިޝަތު ޝިހާމުގެ އިރުޝާދާއި ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދާ މިބައްދަލުވުމުގައި ސްކޫލްތަކުގައި ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުކޮށް އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގެ ސްކޫލްތަކުގެ ވަކިވަކި ނަތީޖާތަކާ މެދު މަޝްވަރާކޮށް، އެ ނަތީޖާތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ކިޔަވައި ދިނުމުގައި އިތުރަށް ސަމާލުކަންދޭންވީ ކަންކަން ފާހަގަކޮށް، އެކަންކަމަށް މަސައްކަތް ކުރެވިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއެވެ.

އޭގެ އިތުރުން، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މަހަކު އެއްފަހަރު ބައްދަލުކުރެވި، މަހުން މަހަށް ސްކޫލްތަކުގެ ނަތީޖާތައް އަޅާ ކިޔައި، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރެވި ނަތީޖާ ހާސިލްކުރުމަށް މަގުފަހި ވެގެންދާނެ އެވެ

މި ޕްރޮގްރާމް މީގެ ކުރިން ވަނީ މާލެ އަތޮޅުގެ ސްކޫލްތަކަށް އަމާޒުކޮށްގެން ވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުން ކ. އަތޮޅުގެ ހުރިހާ ސްކޫލަކަށް ވެސް މިދިޔަ އަހަރުގެ ސާނަވީ ތައުލީމް ނިންމުމުގެ އިމްތިހާނުން ވަނީ ފެނިގެން ގޮސްފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަ ކުރެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މާލެއަތޮޅުގެ ސްކޫލްތަކުގެ ކާމިޔާބަށް ބަލައި މިއަހަރުގެ ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް އއ. އަދި އދ. އަދި ނ. އަތޮޅަށް ފަށާފައިވާއިރު، ހދ. އަދި ލ. އަތޮޅުގެ ސްކޫލްތަކަށް މިއަހަރުގެ ތެރޭގައިކުރިއަށް ގެންދާނޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top