ސަލްސާ ރީޓްރީޓްގެ ރޯދަ ވީއްލުން ވަރަށް ސަޅި

ސަލަސަަ-800x486-800x486.jpg

ސަލްސާ ރީޓްރީޓް - އީވީ ފައިލް ފޮޓޯ

ސަލްސާ އާމިރު ނުވަތް މއ. ފްރީޕާކް އިބްރާހީމް އާމިރުގެ ސަލްސާ ސިލްސިލާގެ ކޮންމެ ރެސްޓޯރެންޓަކީވެސް ޖާދޫއެއް ކަހަލަ ތަނެކެވެ. އެތަނަށް އެއްފަހަރުވެސް ވަދެ ޚިދުމަތް ހޯދައިފިނަމަ ދެވަނަ ފަހަރަކަށްވެސް ދާން ބޭނުންވާތީއެވެ. އެއީ އެ މާހައުލުގެ ހިތްގައިމުކަމާއި ތަނުން ލިބޭ ޚިދުމަތުގެ ފުރިހަމަކަމާއި ކާތަކެތީގެ ރަހަ މީރުކަމުންނެވެ. މި ތިން ސިފައާއެކު އެތަންތަނުން ލިބެން ހުންނަ ކާނާގެ ބާވަތްތަކުގެ ރަހަައަށް ބަދަލެއް ނާންނާތީ އެވެ.

އޭދަފުށީގެ ބަނދަރު ސަރަހައްދުގައި އަަލަށް ހުޅުވާފައިވާ ސަލްސާ ރީޓްރީޓް އަކީ ސަލްސާގެ އެންމެ ފަހުގެ އުފެއްދުމެވެ. މި ރޯދަމަހުގެ ރޯދަ ވީއްލުމަށް އޭދަފުށީގައި ހުރި އެންމެ ފެންވަރު ރަނގަޅު އަދި ޚިދުމަތުގެ ގޮތުން ބަލާއިރުވެސް އެންމެ ފުރިހަމަ ރެސްޓޯރެންޓް ކަމަށް ގަބޫލު ކުރެވެނީ ސަބަބު ތަކެއްވެސް އޮވެގެންނެވެ. ކަސްޓަމަރުންނަށް ބަހައްޓާ އޯގާތެރިކަމާ އެމީހުންނާ މުއާމަލާތު ކުރެވޭ ރީތި ގޮތެވެ. ކާއެއްޗެތީގެ މީރުކަމާއި ތަނުގެ ސާފުތާހިރު ކަމެވެ.

“ސަލްސާރީޓްރީޓްގެ އެންމެ ޚާއްސަ ސިފައަކީ މެހްމާންދާރީ އަދާ ކުރުމުގައި އެގެންގުޅޭ ރީތި ގޮތް. އެއީ އެހެން މީހުން ބަލައިގަންނަން ރަނގަޅު މިސާލެއް. ކާތަކެތީގެ ރަހަތަކުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ. ” ކައިރީގައި އޮތް ސޮނޭވާފުށިން ސަލްސާއިން ހަމައެކަނި ރޯދަވީއްލުމަށް ތިންދުވަހަސްވުރެ ގިނަ ދުވަހު އައިސްފައިވާ މީހަކު ބުންޏެވެ.

އެހެން މީހަކު ބުނީ ސަލްސާ ރީޓްރީޓްގައި ހުންނަ ކަނޑުކުކުޅާއި ދިވެހި އެހެން ރަހަތަކަކީވެސް އޭގެ އަސްލު ރަހަ ހުންނަ ތަކެތިކަމަށް ވާތީ މިއީވެސް ސަލްސާއަށް ދޭންޖެހޭ ޕްލަސް ޕޮއިންޓެއް ކަމުގައެވެ.

“ކޮންމެ އެއްޗެއްގައި ވެސް ރަހަ ތައް މި ހުންނަނީ އޭގައި ހުންނަންޖެހޭ މިންގަނޑަށް. އެހެންވީމާ ކުޅި އެއްޗެތި ހާދަ ކުޅިއޭ ފޮނި އެއްޗެތި ހާދަ ފޮންޏޭ ނުވަތަ ހާދަ ފޮނި މަޑޭ ބުނެވޭކަށް ނެތް. ”

ސަލްސާ ރިޓްރީޓްގެ ޖެނެރަލް މެނޭޖަރ އަހްމަދު ޝަފީގު ވިދާޅުވީ އެތަނުގެ ކޮންމެ އުފެއްދުމެއްގައިވެސް އޭގެ އަސްލު ރަހަ  ބެހެއްޓުމަށް މެނޭޖްމަންޓުން ވަރަށް ބޮޑަށް ބާރު އަޅާކަމަށާއި އެތަކެތި ތައްޔާރުކުރަނީ ކަމުގެ ތަޖްރިބާހުރި މީހުން ކަމުގައެވެ.

ސަލްސާ ރީޓްރީޓްގެ ރަހަތައް ތަޖްރިބާކޮށްލުމަށް ރޯދަ މެނޫއެއްވެސް ޚާއްސަކޮށްފައި އޮވެއެވެ. “ސަލްސާރީޓްރީޓް ‘ގެ ރޯދަ މެނޫގައި  ދިވެހިން އާއްމު ގޮތެއްގައި ރޯދަވީއްލަން ބޭނުންކުރާ ގިނަ ބާވަތްތަކެއް ހިމަނާފައި ހުރެއެވެ.  މި ގޮތުން ކޮންމެ ދުވަހަކު އެއް މެނޫއެއްގެ ބަދަލުގައި އޮންނަނީ ކޮންމެ ދެދުވަހަކުން ބަދަލުވާ މެނޫއެކެވެ.

މީީގެ އިިތުރުން ސަލްސާގެ ކޮންމެ ރެސްޓޯރަންޓުން ރޯދަ ވީއްލި ނަމަވެސް ކޮންމެ މީހަކަށް ކޫޕަނެއް ފުރާލުމުން އަގުބޮޑު އިނާމުތަކެއް ލިބޭ ލަކީޑްރޯގައި ބައިވެރި ވެވެއެވެ.

ލަކީ ޑްރޯގެ އިނާމުތަކުގެ ތެރޭގައި މޯލްޑިވިއަންގެ ފަރާތުން ދެ މީހަކަށް ޗެންނާއި ދެކޮޅު ޓިކެޓާއި، އޮޅުވެލި ބީޗް ރިސޯޓުން ދެ މީހަކަށް ދެ ރޭ ގެ ހުރުމާއި އަދި އެސްޓީއޯއިންދޭ 32 އިންޗީގެ ސްލިމް ލެޑް ޓީވީ އަކާއި ޕްރޮޖެކްޓަރެއްގެ އިތުރުން އެލްމޯބައިލުން ދޭ 50 އިންޗީގެ ސެމްސަންގް ލެޑް ޓީވީ އަކާއި މުނިހޯމް ކެއާގެ ފަރާތުން ހުށަހަޅާފައިވާ ބެޑްރޫމު ސެޓެއް ހިމެނެ އެވެ.

ލަކީ ޑްރޯގެ ގުރުއަތުލުން އޮންނާނީ ހަ ރޯދަ ތެރޭގަ އެވެ. ގުރުއަތުލުން ޓީވީ ޗެނަލަކުން ވަގުތުން ދައްކާނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top