ތަޖްރިބާ ދަތުރެއްގައި ގޮއިދޫސްކޫލްގެ ދަރިވަރަކު ޖަޕާނަށް

l_149995072312Ep2M.jpg

އޭޕީސީސީގައި ރާއްޖެއިން ބައިވެރިވާ ހަ ދަރިވަރުންނާއި އޮފިޝަލުންނާއެކު އެޑިއުކޭޝަން މިނިސްޓަރ - ފޮޓޯ/ އެޑިއުކޭޝަން

އޭޝިއާ ޕެސިފިކް ޗިލްޑްރަންސް ކޮންވެންޝަން (އޭޕީސީސީ) ކަލްޗަރަލް އެކްސްޗޭންޖު ޕްރޮގްރާމްގައި ބައިވެރިވުމަށް ބ.ގޮއިދޫ ސްކޫލްގެ ގްރޭޑް 5 ގައި ތައުލީމު ހާސިލުކުރަމުންދާ މުހައްމަދު އަހްސަން     ޖަޕާނަށް ދިއުމަށް މާދަމާ ފުރާނެއެވެ.

ރާއްޖޭގެ ހަ ސްކޫލް އަކުން ހަ ދަރިވަރު ބައިވެރިވާ މި ޕްރޮގްރާމަކީ  ޖަޕާނުގެ ތާރީހީ ރަށެއް ކަމަށްވާ ފުކުކާއަށް 100 އަހަރު ފުރުމާއި ގުޅިގެން އެ ސިޓީގެ ފަރާތުން 1989 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވާ ކޮންވެންޝަނެކެވެ.

ރާއްޖޭގެ ފަރާތުން ބައިވެރިވާ ހަ ދަރިވަރުން ނާއެކު ދެ އޮފިޝަލަކު ދަތުރުގައި ބައިވެރިވާނެ އެވެ.

މިއަހަރު ބާއްވާ 29 ވަނަ އޭޕީސީސީ ޕްރޮގްރާމްގައި ގޮއިދޫ ސްކޫލްގެ އަހްސަންގެ އިތުރުން ރާއްޖެއިން ބައިވެރިވަނީ މާލޭ ސްކޫލްތަކުގެ ތެރެއިން މުހްޔިއްދީން ސްކޫލާއި ގާޒީ ސްކޫލް އަދި އިމާދުއްދީން ސްކޫލްގެ ދަރިވަރެކެވެ. އަތޮޅު ތެރެއިން މިއަހަރުގެ ޕްރޮގްރާމްގައި ބައިވެރިވާން ހަމަޖެހިފައިވަނީ ފ. ފީއަލި ސްކޫލްގެ ދަރިވަރަކާއި މ. މަޑުއްވަރީ ސްކޫލުގެ ދަރިވަރެކެވެ.

އެ ޕްރޮގްރާމަށް ފުރުމުގެ ކުރިން ދަރިވަރުންނަށް ވަނީ ޖަޕާން ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ހިންގާފައެވެ. އަދި ދަތުރުގައި ބައިވެރިވާ އޮފިޝަލުންނަށް ޖަޕާނުގެ ސަގާފަތާއި އާދަކާދައާ ގުޅުންހުރި މައުލޫމާތާއި ފަސްޓް އެއިޑް ފަދަ މައުލޫމާތު ދީފައިވެއެވެ.

ދަތުރުގެ ފުރަތަމަ ހަފްތާގައި ދަރިވަރުންނާއި އޮފިޝަލުން ހޭދަކުރާނީ ކޭމްޕް ސައިޓެއްގައެވެ. ދެވަނަ ހަފްތާ ހޭދަކުރާނީ ޕުކޯކާގެ އާއިލާއެއްގެ ކައިރީގައެވެ.

އޭޕީސީސ ޕްރޮގްރާމްގެ މަގްސަދަކީ ދިރިއުޅުމުގެ ސަގާފަތާއި އާދަކާދަ ހިއްސާކުރުމަށް އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމާއި އަދި ސުލްހަމަސަލަސްކަން ގާއިމު ކުރުމުގެ ރޫހު ދަރިވަރުންގެ ކިބާގައި އުފެއްދުމެވެ.

ޖަޕާނުގެ ޕުކޯކާގައި ދެ ހަފްތާ ހޭދަކުރުމަށްފަހު ޓީމް އެނބުރި ރާއްޖެ އަންނާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top