800 ކިލޯވޮޓް އިންޖީނެއް މާދަމާ އޭދަފުއްޓަށް ގެންނަނީ

19990367_10214220859099041_5091332816055683336_n-1.jpg

އޭދަފުއްޓަށް ގެންނަ 800ކވ އިންޖީނު މިރޭ ބޯޓަށް ލޯޑުކުރަނީ / ފޮޓޯ: ފޭސްބުކް

އޭދަފުށީ އިންޖީނުގޭގައި ކަރަންޓް ދިނުމަށް ބޭނުންކުރާ އިންޖީނުތަކުން އެރަށަށް ބޭނުންވާ ވަރަށް ކަރަންޓް ދިނުމަށް ދަތިވުމާ ގުޅިގެން އެމަޖެންސީކޮށް 800 ކވ އިންޖީނެއް މާދަމާ އޭދަފުއްޓަށް ގެނެވޭނެކަމަށް ފެނަކަ ކޯޕަރޭޝަން ބ. ރީޖަނަލް އޮފީހުން ބުނެފިއެވެ.

ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނީ މިއިންޖީނު ހިފައިގެން މިހާރު އޭދަފުއްޓަށް ބޯޓެއް ދަތުރުކުރަމުންދާކަމަށާ، މާދަމާ ހެނދުނު ބޯޓް އޭދަފުއްޓަށް ވަންނާނެކަމަށެވެ.

ފެނަކައިން އާއިންޖީނެއް އޭދަފުއްޓަށް މިގެންނަނީ އޭދަފުށީގެ ކަރަންޓް ހާލަތު ގޯސްވެ މިއަހަރުތެރޭގައި ދެތިން ފަހަރެއްގެ މަތިން ރަށުގެ ބޮޑުބަޔަކުން ކަރަންޓް ކެނޑި އާންމު ރައްޔިތުންގެ ޝަކުވާ އިތުރުވެފައިވަނިކޮށެވެ. މިސިލްސިލާގެ ދަށުން އިއްޔެވެސް ގިނަ ވަގުތުތަކަކަށް އޭދަފުށިން ކަރަންޓް ކެނޑުނެވެ.

ފެނަކަ ބ. ރީޖަނަލް މެނޭޖަރ އަލީ ޝަފީޤް އީވީއަށް ވިދާޅުވީ އާޖަނަރޭޓަރެއް ލިބުމުން މިހާރު އޭދަފުއްޓަށް ދިމާވާ ކަރަންޓުގެ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށާ، އިންޖީނު ބެހެއްޓުމަށްޓަކައި އޭދަފުށީ އިންޖީނުގޭގައި ތައްޔާރީތައް ފަށައިގެން ކުރިޔަށްދާކަމަށެވެ.

” ދިމާވަމުން އަންނަ މައިގަނޑު މައްސަލަ ގާތްގަނޑަކަށް ހައްލުވާނެ ކަމަށް މިބަލަނީ މިއިންޖީނު ލިބުމާއެކު. އަޅުގަނޑުމެން މިދަނީ އިންޖީނު ބެހެއްޓުމަށްޓަކައި ތައްޔާރީތައް ވަމުން” ޝަފީޤް ވިދާޅުވިއެވެ

ޝަފީޤް ވިދާޅުވީ އޭދަފުއްޓަށް ކަރަންޓްގެ ހިދުމަތް ދިނުމަށް މި ވަގުތު ބޭނުންކުރާ ތިން އިންޖީނު ކަމުގައިވާ 300 ކިލޯވޮޓް، އާއި، 400 ކިލޯވޮޓް އަދި 600 ކިލޯވޮޓް އިންޖީނުން ފުދޭވަރަށް ކަރަންޓެއް ނުއުފެއްދޭކަމުގައެވެ. އެހެންވެ ކޮންމެ ދުވަހަކުވެސް ދިރާގު، ނުވަތަ އުރީދޫއާއި، ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

އޭދަފުށީގެ ކަރަންޓްގެ މައްސަލަ ބޮޑުވެފައިވާތީ، މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ތެރޭގައި އޭދަފުށީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެފައިވަނީ އޭދަފުއްޓަށް މިދިޔަ ޖޫން މަސް ނިމުމުގެ ކުރިން އެއް މެގަވޯޓް އިންޖީނެއް ގެނެސް އިންސްޓޯލް ކޮށްދޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top