މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކުގެ އަގު ހެޔޮކޮށްފި

medium_55932.jpg

ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ފަރާތުން އަތޮޅުތަކަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮކޮށްފިއެވެ.

މި މަހުގެ 17 ވަނަ ދުވަހުންފެށިގެން އަގު ހެޔޮކުރަން ނިންމާފައިވާއިރު އެއަރލައިންްގެ ފަރާތުން ބުނެފައިވަނީ މިއީ ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ނިންމި ނިންމުމެއް ކަމުގައެވެ.

އަތޮޅުތަކަށް ކުރާ ދަތުރުތަކުގެ އަގަށް މޯލްޑިވިއަން އިން ގެނައި ބަދަލާއެކު އެންމެ އަގުހެޔޮ ފެއަރ އިން ނަގާ ޓިކެޓެއްގެ އަގުން 100 ރުފިޔާ ވަނީ ހެޔޮވެފައެވެ.

މި ބަދަލާއެކު މާލެ އާއި ދަރަވަންދޫގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ  598.90ރ. އެވެ. މާލެ އާއި ތިމަރަފުއްޓާ ދެމެދުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 854.36ރ. އެވެ. އަދި މާލެ އާއި އިފުރުގެ އެއްކޮޅު ޓިކެޓެއް 799.24ރ. އަށް ވިއްކާ އިރު، ހަނިމާދު އާއި މާލެއާ ދެމެދު އެއްކޮޅު ޓިކެޓެއް ގެ އަގަކީ 854.36ރ. އަށެވެ. އައްޑޫއާއި ފުވައްމުލަކުން މާލެއަށް ދަތުރުކުރާ ޓިކެޓްގެ އަގަކީ 899ރުފިޔާއެވެ.

މާލެ އާއި ކާޑެއްދޫގެ އެއްކޮޅު ޓިކެޓެއް 876.62ރ. އަށް ވިއްކަން ހަމަޖެހިފައިވާ އިރު، މާލެ އާއި ކޫއްޑު އެއްކޮޅު ޓިކެޓެއް ވިއްކާނީ 854.36ރ. އަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top