އަނެއްކާވެސް ފާއްޓޭ އަށް އަނިޔާވެއްޖެ. އެއްމަހަށް ކުޅުމާ ދުރަށް!

17523042_1328962690519274_3988444895891982665_n-800x450-800x450.jpg

އޭދަފުށީ ޓީމްގެ އެއްނަމްބަރު ފޯވާޑް ފާއްޓެ. އޭނަ އެންޖަރީވުމާ ގުޅިގެން މަހެއްހާދުވަހަށް ކުޅުމާދުރަށްވަނީ ދާންޖެހިފައި / ފޮޓޯ: ރާއި ފޮޓޯގްރަފީ

އޭދަފުށީ ފުޓްބޯޅަ ޓީމްގެ އެއްނަމްބަރ ފޯވާޑް މުހައްމަދު ފާސިރު (ފާއްޓޭ) އަށް އަނެއްކާވެސް އަނިޔާވެ، އެއްމަސްދުވަހުގެ މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެއެވެ.

މިނިވަން ޗެންޕިއަންޝިޕް ޒޯން ބުރުގައިވެސް އޭނާއަށް އަނިޔާވެ ދެހަފްތާއަށްވުރެ ގިނަދުވަހަށް ކުޅުމާ ދުރަށް ދާންޖެހުނެވެ. މިފަހަރު ފާއްޓޭއަށް އަނިޔާވީ މިދިޔަ ބުދަދުވަހު މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މާޅޮހާ ދެކޮޅަށް ކުޅުނު މެޗްގައެވެ.

އޭދަފުށީ ޓީމްގެ އޮފިޝަލަކު އީވީއަށް ބުނީ ފާއްޓޭއަށް މިދިޔަ ދެދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށާ، އޭނާއަށް މިފަހަރުވެސް އަނިޔާވީ ކަކުލު ހުޅަށް ކަމަށެވެ.

“ކަކުލު ހުޅަށް އަނިޔާވީ. އެކްރޭވެސް ނަގައި ކަށީގެ ޑޮކްޓަރަށް ދައްކައި، ފަރުވާދެމުން މިގެންދަނީ. ފިޓްވާނެކަމަށް ބެލެވެނީ އެންމެ އަވަސްވެގެންވެސް މަހެއްހާދުވަހުގެ ތެރޭގައި” އޮފިޝަލް ބުންޏެވެ.

ފާއްޓޭ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދަނީ / ފޯޓޯ: ފޭސްބުކް

ފާއްޓޭއަކީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރުގެ ބޭބެއެވެ. އޭދަފުށީގެ ސަތޭކަ ފަސެންޓް އުފެއްދުމެއް ކަމަށްވާ ފާއްޓޭއަކީވެސް ގައުމީ ފެންވަރުގައި ދެއަހަރެއްހާދުވަހު މާލޭގައި ފުޓްބޯޅަ ކުޅުނު ކުޅުންތެރިއެކެވެ. އޭވައިއެލްގައި މޮޅު ކުޅުމެއް ދެއްކި ފާއްޓޭ، ގައުމީ ފެންވަރުގައި ކުޅުން ހުއްޓާލީވެސް އަނިޔާގެ މައްސަލަތަކާހުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top