ބ.އަތޮޅު ކައުނސިލުގެ މި އަހަރުގެ ޤުރުއާން މުބާރާތުން ތުޅާދޫ ކައުންސިލް 1 ވަނަ ހޯދައިފިއެވެ.
އަތޮޅުގެ ފަސްރަށުގެ ކައުންސިލުން ވާދަކުރި މި މުބާރާތުން ދެވަނަ ހޯދާފައިވަނީ އޭދަފުށި ކައުންސިލެވެ. އަދި ތިންވަނަ ކެންދޫ ކައުންސިލެވެ.
ބ.އަތޮޅު ތައުލީމީ މަރުކަޒުގައި މިހިނގާ ޖުލައި 13-14 އަށް އޮތް މި މުބާރާތުގައި މި ތިން ރަށުގެ އިތުރުން ބައިވެރިވެފައިވަނީ ހިތާދޫ އާއި ކެންދޫއެވެ.
މުޅި މުބާރާތުން ފޮތުން ކިޔެވުމުން އެއްވަނަ އަށް ހޮވުނު އަންހެން ދަރިވަރަކީ ހިތާދޫ، ނުހާ އިސްހާގު އެވެ. އެއްވަނަ ފިރިހެން ދަރިވަރަކީ އޭދަފުށީ ކައުންސިލުގެ އިޔާން އަލީ ވަހީދު އެވެ.
ޖުމްލަ 23 ދަރިވރިން ބައިވެރިވި މި މުބާރާތުގައި ހިތުދަސްކުރުމުގެ ބައިން އެއްވަނަ އަށް ހޮވޭ ވަރަށް އެއްވެސް ދަރިވަރަކަށް މާކްސް ލިބިފައެއް ނުވެއެވެ.
ޤުރުއާން ކިޔެވުމުގެ ގައުމީ ގުރުއާން މުބާރާތުގައި ވާދަކުރުމަށް ބ. އަތޮޅުން ނުހާ އާއި އިޔާންގެ އިތުރުން ހޮވިފައިވަނީ ހިތާދޫ ކައުންސިލުގެ އައިޝަތު ނަޖްލާ އާއި ޔައީސް މުހައްމަދު ސާޖިދު އާއި ތުޅާދޫ ކައުންސިލުގެ އައުފާ ރަޝީދު އާއި ރާއިދު މުހައްމަދު އެވެ.
މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ އަލްޤާރީ އުސައިދު ޙަސަން އާއި އަލްޤާރީ އިބްރާހިމް ނަޢީމް ގެ އިތުރުން އަލްޤާރީ އިބްރާހީމް ޝިފާއު އެވެ.