ކަރަންޓްގެ އަގު ހެޔޮކޮށްފި

ކަރަންޓްގެ އަގު ބޮޑުވެގެން އެކަމާ ހިތްހަމަނުޖެހިގެން އެތައް ބަޔަކު އެކަމާދެކޮޅަށް ވާހަކަ ދައްކަމުން ދަނިކޮށް ކަރަންޓްގެ އަގަށް ބަދަލު ގެނައިތާ މަހެއް ނުވަނީސް ކަރަންޓުގެ އަގުހެޔޮކުރަން ސަރުކާރުން ނިންމައިފިއެވެ.

ހަކަތައާބެހޭ މިނިސްޓަރ ތާރިގު އިބްރާހީމް މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވަނީ “ފެބްރުއަރީ 1ގައި ބޭނުންކުރަން ފެށި ކަރަންޓް ޓެރިފް ރޭޓްތައް ތެލުގެ އަގަށް އަންނަމުންދާ ހެޔޮ ބަދަލާއެކު އިތުރަށް ދަށްކުރުމަށް ރައީސް ޔާމީން ނިންމަވައިފި ” ކަމުގައެވެ.

ތާރިގްގެ ޓްވީޓްގައި އަގުހެޔޮވީ ހެޔޮވީ ކިހާވަރެއްކަމާއި މިބަދަލު އަންނާނީ ކޮންއިރަކުންކަމެއް ވިދާޅުވެފައެއް ވުވެއެވެ.

ފެބްރުއަރީ 1އިން ފެށިގެން އަމަލުކުރަމުން ގެންދާ ،އެނާޖީ މިނިސްޓްރީ އާއި ސްޓެލްކޯ އަދި ފެނަކަ ގުޅިގެން އަލަށް އެކުލަވައިލި އޮނިގަނޑުގައިވާ ގޮތުން މާލޭއާއި އަތޮޅުތެރޭގައި ކަރަންޓަށް ނަގާ އަގުގައި ވަރަށް ބޮޑު ފަރަގެއް ހުރުމުން އެކަންވަނީ އަތޮޅުތެރޭގެ ރައްޔިތުން ސަރުކާރުގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.

މި އޮނިގަނޑުގައިވާ ގޮތުން ކަރަންޓްގެ ރޭޓްވަނީ 0 ޔުނިޓުންފެށިގެން 400 ޔުނިޓާހަމައަށް ގިނަ ސަރަހައްދުތަކުގައި ދަށްކޮށްފައެވެ. އަދި 400 ޔުނިޓުންފެށިގެން މަތީގެ ރޭޓް ވަނީ ބޮޑު ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top