ސަމާލް! މިފްކޯގެ ނަމުގައި ގުޅައިގެން ބަޔަކު ފައިސާ ހޯދަމުން އެބަދޭ.

1409214960700_wps_8_A_man_navigates_with_Wind.jpg

ނުދަންނަ ނަންބަރުތަކުން ގުޅައި މިއީ މިފްކޯއިންނޭ ބުނެ އޮޅުވާލައިގެން ފޯނުކުރަމުންދާތީ އެކަމަށް ސަމާލުވުމަށް މިފްކޯއިން އިލްތިމާސް ކޮށްފިއެވެ.

އެކަމާގުޅިގެން މިއަދު މިފްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިފްކޯގެ ނަމުގައި މޮބައިލް ނަންބަރުތައް ބޭނުންކޮށްގެން ޓީވީ އަދި ރޭޑިއޯ ބޭނުންކޮށްގެން އެއްވެސް ޕޮރޮމޯޝަނެއް ހިންގަމުން ނުދާކަމުގައެވެ.

މިފްކޯއިން ބުނީ މިގޮތަށް ކުރާ ފޯނު ކޯލްތަކުގައި މީހުންނަށް އޮޅޭ ގޮތަށް ،އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރާ ކަމަށް ބުނަމުންދާކަމުގެ ޝަކުވާވެސް ލިބެމުން ދާކަމުގައެވެ. އެހެންކަމުން މިފްކޯއިން ވަނީ މިފަދަ ފޯން ކޯލްތަކަށް ވީހާވެސް ބޮޑަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ނުދަންނަ ނަންބަރުތަކުން ގުޅުމަށްފަހު އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ފުލުހުންނަށް ހުށަހެޅެމުންދާތީ ފުލުހުން ވެސް މީގެ ކުރިންވަނީ އެފަދަ ކަންތަކަށް ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top