މަންމައަކު،ހަތަރު އަހަރުގެ ދަރިފުޅުގެގަޔަށް ވަޅިހަރައި މަރާލައިފި

12722157_1001871789888035_1006219799_n.jpg

ށ.ނޫމަރާގައި މަރާލި ހަތަރު އަހަރުގެ ކުއްޖާ ދިރިއުޅެމުންދާ ގެ. ފޮޓޯ: ވަގުތު

ށ.ނޫމަރާގެ އަންހެނަކު އޭނާގެ ހަތަރު އަހަރުގެ އަންހެންދަރިފުޅުގެ ގަޔަށް ވަޅިހަރައި މަރާލައިފިއެވެ. މި ގަތުލު ހިންގާފައިވަނީ ނޫމަރާގައެވެ.

ނޫމަރާ ކައުންސިލްގެރައީސް ވިޝާން ބައެއް މީޑިއާތަކަށް މިކަމުގެ މައުލޫމާތު ދެމުން ވިދާޅުވީ
މި މައްސަލަ ކައުންސިލަށް ރިޕޯޓްކުރީ އެކުއްޖާގެ ކާފަކަމުގައެވެ. ކާފައަށް އެކަން އެގިފައިވަނީ ފަތިސްނަމާދަށް ދާން ހޭލުމަށްފަހު އެމަންޒަރު ފެނިގެންނެވެ.

ކައުންސިލުން ބުނި ގޮތުގައި ކުއްޖާ ފެނުނުއިރު އޮތީ ބަންޑުންނެވެ. އޭރު މަންމަ އޮތީ ކުއްޖާގެ ގާތުގައެވެ. ވަޅި އޮތީ އެތަނުގައިހުރި ކަބަޑު ގައެވެ. ވަޅީގައި ވެސް ލޭތައް ހޭކިފައި ހުއްޓެވެ. އެހެންކަމުން ކުއްޖާ މަރާލިކަމަށް ތުހުމަތުކުރެވެނީ ކުއްޖާގެ މަންމައަށް ކަމުގައެވެ.

ފުލުހުން މިވާހަކަ މިހާރުވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނެފައިވަނީ ފުލުހުންނަށް ރޭ ފަތިހު 5:40 ހާއިރު މިކަމުގެ މައުލޫމާތު ލިބުމާއެކު ށ. ފުނަދޫ ޕޮލިސްސްޓޭޝަންގައި މަސައްކަތް ކުރަމުން ގެންދާ ފުލުހުންގެ ޓީމެއް ފޮނުވުމުގެ މަސައްކަތް ފަށައި މިހާރު އެރަށުގައި ހަރަކާތްތެރިވަމުން ދާކަމުގައެވެ.
އަދި މިހާރުވަނީ އެކުއްޖާގެ 29 އަހަރުގެ މަންމަ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ ހދ. އަތޮޅުގެ ފެމިލީ އެންޑް ޗިލްރަން ސާވިސްގެ ޓީމެއްވެސް ނޫމަރާއަށް ދިއުމަށް ދަތުރުކުރަމުން ދާކަމަށާއި ފޮރެންސިކް ފުލުހުންގެ ޓީމެއްވެސް މާލެއިން އެރަށަށް އެބަދާކަމުގައެވެ.

މި މަރާ ބެހޭގޮތުން ނޫމަރާއިން ވާހަކަދެއްކި މީހަކު ބުނީ މި ކުޑަކުއްޖާގެ ގައިގެ ތަންތަނަށް ވަޅި ހަރާފައިވާތީ އެކުއްޖާމަރުވެފައިވަނީ ލޭ ހުސްވެގެން ކަމަށް ބެލެވޭ ކަމުގައެވެ. އެކުއްޖާގެ މަންމައަކީ ށ. ފުނަދޫ މީހަކާ އިނދެގެން އުޅޭ ދޭތެރެދޭތެރެއިން މޮޔަވާމީހެއްކަމުގައެވެ. މި ދުވަސްވަރު އުޅެނީ އެކަހަލަ ގޮތެއް ވެގެން ކަމުގައާއި އަދި ރޭ އެދެމައިން ނިދީ އެއްކޮޓަރިއެއްގައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެއަންހެން މީހާގެ އިތުރު ދެއަންހެން ކުދިން ތިބެއެވެ. އެތަނުން އެއްކުއްޖަކު މިވަގުތު ހުރީ ފުނަދޫގައެވެ. އަނެއްކުއްޖާ ހުރީ ނޫމަރާގައެވެ. މަރާލާފައިވަނީ އެއާއިލާގެ އެންމެ ހަގު ކުއްޖާއެވެެ.

ކުއްޖާގެ ބައްޕަހުރީ ވަޑާމުގެ މަސައްކަތުގައި ހދ. އަތޮޅުގައެވެ..

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top