އިތުރު ދެމީހުން އޭދަފުށިން ކޮވިޑް އަށް ޕޮޒިޓިވްވެއްޖެ!

DSCN6122.jpg

އޭދަފުށީގެ ބަނދަރުމަތި

އޭދަފުށިން އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިދެމީހުން ޕޮޒިޓިވް ވީކަން އެނގުނީ މާލެއިން އައިސް ކަރަންޓީނު މުއްދަތު ފުރިހަމަކުރުމަށްފަހު ނެގި ސާމްޕަލުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއްގެއެއްގައި ކަރަންޓީނު ވެފައިތިބި މި ދެމީހުންނަކީ 50އަހަރުން މަތީގެ އަންހެނަކާއި ފިރިހެނެކެވެ.

އޭދަފުށީގައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު މިދިޔަ ހަފްތާ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މިހާތަނަށް އޭދަފުށިން ކޮވިޑް 19 އަށް 21 މީހަކުޕޮޒިޓިވްވެ 17 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top