ޤުރުއާން ވަކި މާއްދާއެއްގެ ގޮތުގައި އެސެސް ކުރަނީ

57257080_2892279270798604_3803991640020877312_n.jpg

އަންނަ އަހަރުން ފެށިގެން ސެކަންޓްރީ ސްކޫލް ސެޓްފިކެޓް އިމްތިހާން (އެސްއެސްސީ) ގައި ޤުރުއާން ވަކި މާއްދާއެއްގެ ގޮތުގައި އެސެސް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

މީޑިއާއަށް މި މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ މިއަހަރުން ފެށިގެން ތަންފީޒު ކުރަން ފަށާފައިވާ ކީސްޓޭޖު4 ގެ މަންހަޖުގެ ދަށުން ގްރޭޑް 9 އަކާއި 10ގެ ދަރިވަރުންނަށް ޤުރްއާން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށާފައިވާ ކަމަށާ އަންނަ އަހަރުގެ އެސްއެސްސީ އިމްތިހާނުގައި ގުރުއާން މާއްދާ ހިމަނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެސެސް ކުރާނީ ޓެސްޓު ދީގެންނެއް ނޫންކަމަށާ އެސެސްކުރާނެ ގޮތުގެ ގައިޑްލައިން އެޑިއުކޭޝަން މިނިސްޓްރީ އިން ވަރަށް އަވަހަށް އާންމު ކުރާނެ ކަމުގައެވެ.

މިހާރު އެސްއެސްސީ އިމްތިހާނުގެ ދަށުން ދިވެހި އަދި އިސްލާމް މާއްދާ ކިޔަވައިދޭއިރު ޤުރުއާން މާއްދާވެސް ކިޔަވައިދެނީ މަޖުބޫރު މާއްދާއެއްގެ ގޮތުގައެވެ. އެ މާއްދާ ކިޔަވައިދޭނެ ޓީޗަރުން ނެތް ސްކޫލުތަކަށް ޓީޗަރުން ހަމަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޑރ. އަބްދުއްރަޝީދު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top