ތިނަދޫ ސިޓީގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ސިޓީގެ ކައުންސިލުން ހުޅުވާލި އިއުލާން ބާތިލުކުރަން ހައުސިން މިނިސްޓްރީން އަންގައިފި އެވެ.
ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލާން ތިނަދޫ ސިޓީ ކައުންސިލުން ހުޅުވާލީ މިދިޔަ ބުދަ ދުވަހުއެވެ.
ކައުންސިލަށް މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރެވޭ ހައުސިން ޔުނިޓްތައް ހަވާލު ކުރެވެމުން ދަނީ މިނިސްޓްރީން އެންޑޯސްކޮށް ހުއްދަ ދޭ އުސޫލާ އެއްގޮތަށް ކަމަށެވެ.
އެގޮތުން ތިނަދޫގައި އިމާރާތްކުރާ 200 ހައުސިން ޔުނިޓަކީ ވެސް އެ މިނިސްޓްރީގެ ބެލުމުގެ ދަށުން އިމާރާތް ކުރަމުން އަންނަ ޔުނިޓްތަކެއް ކަމަށްވާތީ އެ ޔުނިޓް ދޫކުރުމާއި އިއުލާން ކުރުމުގެ ކުރިން ޔުނިޓް ދެވޭނެ އުސޫލު ފައިނަލް ކުރުމާއި އެޕްލިކޭޝަން މަރުހަލާ ކުރިއަށް ގެންދާނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ބުންޏެވެ.
އަދި ހައުސިން ޔުނިޓުތައް ދޫކުރާ އުސޫލު އެންޑޯސްކުރުމަށް މިނިސްޓްރީއަށް ފޮނުވުމަށްވެސް ކައުންސިލަށް ވަނީ އަންގާފައެވެ. މީގެއިތުރުނ 200 ހައުސިން ޔުނިޓުތައް ހަވާލުކުރުމާ ގުޅޭ މަސައްކަތް މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކުރުމަށްވެސް ތިނަދޫ ކައުންސިލަށް ހައުސިން މިނިސްޓްރީން ވަނީ އަންގާފައެވެ
މިކަމާ ގުޅޭ ގޮތުން ތިނަދޫ ސިޓީ ކައުންސިލުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ތިނަދު އަކީ ކުރިން ވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓްތަކެއް އަޅާފައިވާ ސިޓީއެކެވެ.