ފުރަތަމަ މެޗް އަނަންތަރާ އަށް

20543875_1496407853735989_5982810951294013538_o.jpg

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަނަންތަރާގެ އިސްމާއިލް ސާޖިދު ސެޓްފިކެޓް ހަވާލުކޮށްދެނީ

އިންޓަރ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން 5 ގެ ފުރަތަމަ މެޗް އަނަންތަރާ ކިހަވައް ވިލާސް ކާމިޔާބުކޮށްފިއެވެ.

އަނަންތަރާ މޮޅުވެފައިވަނީ އަމިއްލަފުށި ރިސޯޓް އާ ވާދަކޮށްގެން 3-2 ސެޓުންނެވެ. އަނަންތަރާއިން ސެޓްތައް ގެންދިޔައީ 26-24، 21،25، 31،29، 18،25 އަދި 12،15 އިންނެވެ.

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިޔަށްގެންދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ މިމެޗް ކުޅެފައިވަނީ އިއްޔެ ސޮނޭވާފުށީގައެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަނަންތަރާގެ އިސްމާއިލް ސާޖިދު އެވެ.

އިންޓަރ ރިސޯޓް މުބާރާތުގައި މިފަހަރު ޒޯން ފަހަކުން ފަސް ޓީމު ވާދަކުރެއެވެ. އެއީ އަނަންތަރާ ކިހާވަށް ވިލާސް ، އަމިއްލަފުށި ރިސޯޓް އެންޑް ސްޕާ، ސޮނޭވާފުށި ރިސޯޓް ، މިލައިދޫ އައިލެންޑް ރިސޯޓް ގެ އިތުރުން ދުސިތް ތާނީ މޯލްޑިވްސްއެވެ.

އަނަންތަރާ ކިހަވައް ވިލާސް އަކީ ވޭތުވެދިޔަ ދެއަހަރުވެސް ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީ ޒޯން 5 ގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމްކަން ފާހަގަކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top