ބ.މާޅޮހު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކޮށްފި

1550592994-1024x682.jpg

މާޅޮހު ކައުންސިލްގެ ފަރާތުން ރައީސް އާއި ބައްދަލުކުރެއްވުން – ފޮޓޯ: ރައީސް އޮފީސް

ބ.މާޅޮހު ކައުންސިލްގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި ބައްދަލު ކޮށްފިއެވެ.

އިއްޔެ ރައީސް އޮފީހުގައި އޮތް މި ބައްދަލުވުމުގައި ރަށު ކައުންސިލުގެ ފަރާތުން ،އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކާއި ކަންބޮޑުވުންތައް ރައީސް އާ ހިއްސާކުރައްވައި އެކަންކަން އަވަސް ކޮށްްދެއްވުމަށް ރައީސް އަރިހުގައި ދެންނެވިއެވެ. އެގޮތުން ރަނގަޅު ނަރުދަމާއެއް ރަށުގައި ނެތުމުން ރަށުގެ ފެން ތަޣައްޔަރުވެފައިވާތީ ނަރުދަމާގެ މަސައްކަތް ރައީސްގެ ސަމާލުކަމަށް ގެންނަވައި އެކަން އަވަސް ކޮށްދެއްވުން އެދި ރައީސަށް ދެންނެވިއެވެ. އަދި ތަރައްގީގެ ރޮނގުން ރަށުގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާ ކުރަން ރާވާފައި ހުރި މަސައްކަތްތަކުގެ ތަފްސީލުވެސް ރައީސަށް ދެންނެވިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވަ އެވެ.

މާޅޮހު ކައުންސިލް މެންބަރުންނާއި ޒިންމާދާރު ވެރިޔާވެސް ބައިވެރިވި މި ބައްދަލުވުމުގައި ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުން ރަށުގެ ކައުންސިލަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވުމަށާއި އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ އިތުރުން ސްކޫލަށާއި ސިއްހީ މަރުކަޒަށް ބޭނުންވާ ބައެއް ކަންތައްތަކުގެ ވާހަކަވެސް ރައީސް އާއި ހިއްސާކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަން އެކަންކަމާބެހޭ މިނިސްޓްރީތަކާ މަޝްވަރާކުރެއްވުމަށް ފަހު ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top