ގެއިން ބޭރުގައި އުޅުން މަދުކޮށްލަން ދިރާގުން ހިލޭ ޑޭޓާ ދެނީ!

large_162204135023Es0e.jpeg

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ސަރުކާރުގެ އިދާރާތަކުން ގޭގައިތިބުމަށް އަންގަވާފައިވާތީ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ހާއްސަ އޮފާތަކެއް ދިނުމަށް ދިރާގުން ނިންމައިފި އެވެ.

ދިރާގު ކަސްޓަމަރުންނަށް ހިލޭ ޑެޓާ ލިބިގެން ދާނީ ޖޫން މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައެވެ.

ދިރާގުން ބުނީ ހިލޭ ޑޭޓާ އަދި އޮފާތައް ލިބޭނީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންނަށް ކަމަށެވެ. އެގޮތުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޖޫން މަހަށް 30 ޕަސެންޓް ޑޭޓާ ހިލޭ ލިބިގެން ދާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %25 އާއި %200 އާ ދެމެދުގެ ހިލޭ ޑޭޓާ ޖޫން މަހުގައި ލިބިގެންދާނެ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ޕޯސްޓްޕެއިޑް “ވަގުތުން ގެއަށް އިންޓަނެޓް” ކަސްޓަމަރުންނަށް %30 ހިލޭ އިތުރު އެލަވަންސް ޖޫން މަހުގައި ލިބިގެންދާ ގޮތަށް ހަމަޖައްސާފައިވާއިރު، ދިރާގު ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅުއްވާ ކަސްޓަމަރުންނަށް %30 ހިލޭ އިތުރު އެލަވަންސް ޖޫން މަހުގައި ލިބިގެންދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓަރ އަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ ކަމަށާއި މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓަރ އަކުން ވެސް ދެ ގުނަ އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް %50 އިތުރު އެލަވަންސް ކޮމްބޯ ޕޮލޭން ތަކުން ލިބިގެން ދާ އިރު، %200 އިތުރު ޑޭޓާ އެލަވަންސް މިނީ ޑޭޓާ އެޑްއޮންތަކުން އެކްޓިވޭޓް ކުރަށްވާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ލިބިގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ދިރާގުން ބުނީ، ކަސްޓަމަރުން އެކްޓިވޭޓް ކުރައްވާ ޑޭޓާ އެޑް-އޮން އަދި ބޫސްޓަރ ތަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނީ 27 މޭ 2021 ގެ 12:00 އިން 30 ޖޫން 2021 ގެ ނިޔަލަށް ކަމަށެވެ.

އަދި ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަނުގެ ދަށުން މިމަހުގެ 30 ގެ ކުރިން އެކްޓިވޭޓް ކުރަށްވާ ޑޭޓާ އެޑް-އޮންތަކަށް %50 ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top