ބ.ފެމިލީ ސެންޓަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި

DSCN9434-800x500-800x500.jpg

ޖެންޑަރ މިނިސްޓްރީގެ ފަރާތުން އޭދަފުށީގައި ހިންގާ ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އަނެއްކާވެސް އިއުލާނު ކޮށްފި އެވެ.

މި ސެންޓަރަށް ގިނައަދަދެއްގެ މުވައްޒަފުން ހޯދަން މިއަހަރުގެ ކުރީކޮޅުވެސް އިއުލާނު ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކުޑަކުދިން ބެލެހެއްޓުމަށް 26 މީހުންނާއި އެސިސްޓެންޑް ޑިރެކްޓަރަކާއި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ އިތުރުން މަސައްކަތު މީހުންނާއި ކައްކާއިންނާއި ވޮޗަރުން ހިމެނެ އެވެ.

އެހެންނަމަވެސް މަގާމުތަކަށް ކުރިމަތި ލާފައިވާ މީހުންނާ އިންޓަވިއު ކުރުމަށްފަހު މިދިޔަ އޯގަސްޓް މަހު އެ އިއުލާނު ވަނީ ބާތިލުކޮށްފައެވެ.

ފެމެލީ ސެންޓަރަށް މުވައްޒަފުން ހޯދުމަށް މިފަހަރު ވެސް ވަނީ ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުންވާކަމަށް އިއިލާނު ކޮށްފަ އެވެ. އޭގެ ތެރޭގައި މަސައްކަތު މީހުންނާއި ޗައިލްޑްކެއާ ވީކަރުންނާއި   އެސިސްޓެންޑް ޑިރެކްޓަރަކާއި އެކައުންޓް އޮފިސަރުގެ މަގާމް ހިމެނެ އެވެ.

މުވައްޒަފުން ހޯދާ މަގާމުތައް

  • އެސިސްޓެންޓް ޑިރެކްޓަރ (އެކެއް)
  • އެކައުންޓްސް އޮފިސަރ  (ދޭއް)
  • ޕްރޮގްރާމް އޮފިސަރ    (އެކެއް)
  •  އެސިސްޓަންޓް ޗައިލްޑް ކެއަރ ވޯކަރ (އަށެއް)
  • މަސައްކަތު  (ހަތަރެއް)
  • ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ  (އެކެއް)
  • ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ   (އެކެއް)
  • ހެލްތް އޮފިސަރ (އެކެއް)
  • ކައުންސެލަރ(އެކެއް)
  • ސެކިއުރިޓީ އޮފިސަރ  (ދޭއް)

މި މަގާމުތަކަށް ކުރިމަތިލުމަށް ޗައުގުވެރިވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަމަހުގެ 2 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ބ. އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުގެ ނަމުގައި އޭދަފުށީގައި ސެންޓަރެއް ގާއިމްކޮށް 2007 ވަނައަހަރުން ފެށިގެން ހިންގަމުން ގެންދެއެވެ. މިސެންޓަރުގައި މިހާރުވެސް ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓަމުން ގެންދާ ކުދިން އުޅެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top