ޕްރިމިއަރ ލީގު ފަހުމެޗްގައި ސައްޓު ހެޓްރިކް ހަދައިފި. އަންނައަހަރު ކުޅެން ބޭނުމީ ނިއުއަށް

23843321_10156859338718047_1789956936143105139_n.jpg

ދިވެހި ޕްރިމިއަރ ލީގުގައި ރޭ މިލަންދޫ ކުޅުނު އެޓީމްގެ ލީގު ފަހުމެޗްގައި އޭދަފުއްޓަށް އުފަން ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) ހެޓްރިކް ހަދައި މިލަންދޫ މޮޅުށްދީފިއެވެ.

ސައްޓުގެ ފަރާޓުން އާދަޔާ ހިލާފު މޮޅު ކުޅުމެއް ފެނުނު މިމެޗްގައި އޭނާޖެހި ފުރަތަމަ ގޯލް މެޗްގެ 3 ވަނަ މިނެޓްގައި ކާމިޔާބުކުރިއިރު ދެވަނަ ލަންޑުޖެހީ ފުރަތަމަހާފުގެ 19 ވަނަ މިނެޓްގައެވެ. މިލަންދޫ މޮޅުކޮށްދިން ލަނަޑު އަދި ސައްޓުގެ މިމުބާރާތުގެ ފުރަތަ ހެޓްރިކް ފުރިހަމަކުރި ލަނޑު ޖެހީ މެޗްގެ ފަހުހާފުގެ 59 ވަނަ މިނެޓްގައެވެ. މިއީ ޕްރިމިއަރ ލީގުގައި ސެންޓޭ ފިޔަވައި އޭދަފުށީ ކުޅުންތެރިއަކު ހެދި ފުރަތަމަ ހެޓްރިކެވެ. ރޭގެ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ސައްޓުއެވެ.

މެޗަށްފަހު މިލަންދޫ ކޯޗާއި، ތިނަދޫ ކޯޗް ސުޒޭން ވަނީ ސައްޓުއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. މެޗަށްފަހު ރާއްޖޭގެ ނޫހެއްކަމަށްވާ “މިހާރު” އަށް ސައްޓު ބުނީ އަންނަ އަހަރު ފުރަތަމަ ޑިވިޜަންގެ ޓީމަކުން ރަނގަޅު އޮފާއެއް ލިބިއްޖެއްޔާ ކުޅެން މާލެ ބަދަލުވުމުގެ ވިސްނުން އެބަހުރިކަމަށެވެ. އޭނާ ބުނީ މިއަހަރު މެޗްތަކުގައި ކުޅެފައިވާނީ އެއްވެސް ޕްރެކްޓިސްއެއް ނެތިކަމަށާ، ގަވާއިދުން ޕްރެކްޓިސް ކޮށްގެން ކުޅޭނަމަ ތަފާތު ފެންނާނެކަމަށެވެ.

“އަންނަ އަހަރު ރަނގަޅު އޮފާއެއް އައިސްފިއްޔާ ވިސްނަން. މިހާރު މިހިރީ ކުޅެލަން މާލެ ބަދަލުވާ ވިސްނުމުގައި. އެކަމަކު އެއީ އަޅުގަނޑު ހިތްހަމަޖެހޭ އޮފާއެއް ލިބިއްޖެއްޔާ،” އުމުރުން 29 އަހަރުގެ ކުޅުންތެރިއާ ބުންޏެވެ.

ރޭގެ މެޗަށްފަހު ސައްޓު މޮޅުކުޅުންތެރިޔާގެ އެވޯޑާއެކު / ފޮޓޯ ފޭސްބުކް

ސައްޓުބުނީ ކުޑައިރުއްސުރެ އެންމެ ސަޕޯޓް ކުރަނީ ނިއުރޭޑިއަންޓަށް ކަމަށާ، ނަމަވެސް ކުޅޭނެ ޓީމެއް ނިންމާނީ ލިބޭ އޮފާތަކަށް ބަލާފައިކަމަށެވެ.

“ކުޑައިރުއްސުރެ ސަޕޯޓްކުރަނީ ނިއު އަށް،” ސައްޓު ބުންޏެވެ.

ކަށަވަރުނުވާ މަސްދަރުތަކުން ބުނާގޮތުން ސައްޓު ހޯދުމުގެ ރޭހުގައި މާލޭގެ ބޮޑެތި ކްލަބްތައް މިހާރުވަނީ ކިޔޫ ދަމާލާފައެވެ. އެގޮތުން މިރޭހުގައި ނިއުރޭޑިއަންޓާއި، މާޒިޔާ އަދި ޓީސީ ހިމެނޭކަމަށްވެސް މައުލޫމާތު ލިބެއެވެ. ސައްޓު ހޯދުމަށް މީގެކުރިންވެސް މާލޭގެ ބޮޑެތި ކްލަބްތަކުން ހުށައެޅުންތައް އޭނާއަށް ލިބުނެވެ. ނަމަވެސް ވަޒީފާ ދޫކޮށް އޭރު އޭނާ ކުޅެން ދާން ބޭނުންނުވީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top