ހޯމް މިނިސްޓްރީން ދިން 250000 ރުފިޔާއިން މާޅޮހު އިންޑޯ ބެޑްމިންޓަންކޯޓް ހަދަން ފަށައިފި

jjj-800x450-800x450.jpg

މާޅޮހުގައި ތަރައްޤީ ކުރަމުންދާ އިންޑޯ ބެޑްމިންޓަން ކޯޓް / އީވީ ފައިލް ފޮޓޯ

ހޯމް މިނިސްޓްރީން ދެއްވި ދެލައްކަ ފަންސާސްހާސް ރުފިޔާއިން މާޅޮހުގައި އަޅަންފަށާފައިވާ އިންޑޯ ބެޑްމިންޓަން ކޯޓް ނިންމުމުގެ މަސައްކަތް ފަށައިފިއެވެ.

މާޅޮހު ކައުންސިލުން ބުނީ މިދިޔަ ޑިސެމްބަރމަހު ތަރައްޤީކުރަން ފަށާފައިވާ 55 ފޫޓްދިގު، 45 ފޫޓް ފުޅާ މިއިމާރާތް ނުނިމި ދިގުލައިގެން ގޮސްފައިވަނީ ފައިސާގެ ދަތިކަންވެސް ދިމާވެގެން ކަމަށެވެ. މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ ހޯމް މިނިސްޓްރީގެ އެހީއާއެކު މުޅި އިމާރާތުގެ މަސައްކަތް ލަސްތަކެއްނުވެ އެކީ ނިމޭނެ ކަމަށާ، މިދިޔަ ހަފްތާ މަސައްކަތް ފެށިގެން ކުރިޔަށްދާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ މާޅޮހު އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ މާސް ޖަމްއިއްޔާއާ ކައުންސިލާ ގުޅިގެން ފެށި މިމަސައްކަތް މިހާރު ކުރިޔަށްދަނީ އެރަށުގައި މިވަގުތު ހެވީ ވެހިކަލްތަކެއް ބަހައްޓާފައިވާ ސްރީލަންކާގެ ނަވަލޯކާ ކުންފުނީގެވެސް ހިލޭއެހީއާއެކު ކަމަށެވެ.

ޝުޖާއު ވިދާޅުވީ މިއިމާރާތަށް މިހާތަނަށް ކައުންސިލާ، މާސް ޖަމްއިއްޔާއިން ޖުމްލަ ތިންލައްކަ ރުފިޔާއަށްވުރެ ބޮޑު ޚަރަދެއްކޮށްފައިވާ ކަމަށެވެ. އަދި ހޯމް މިނިސްޓްރީގެ އެހީއާއެކު މިޕްރޮޖެކްޓް ނިމޭއިރު ހަލައްކައެއްހާ ރުފިޔާ ހަރަދުވާނޭކަމަށް ޝުޖާއު ވިދާޅުވިއެވެ.

ރަށްރަށުގައި އިޖްތިމާޢީ ގޮތުން ހިންގާ ކުދިކުދި މަޝްރޫޢުތަކަށް އެހީތެރިވެދިނުމުގެ ގޮތުން ހޯމް މިނިސްޓްރީން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގެ ބޭނުން ހިފައިގެން ޕްރޮޕޯސަލް ހުށަހެޅި ބ. އަތޮޅުގެ 3 ރަށަކަށް މިއަހަރު ފައިސާގެ އެހީ ލިބުނެވެ. އެއީ މާޅޮހާ، ދަރަވަންދޫ އަދި ތުޅާދުއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top