މައުލޫމާތު ހާމަކުރަން ފަސް ޖެހޭ ވަރަކަށް ހިޔާނާތާއި ފަސާދައިގެ އަމަލުތަކަށް ޖާގަދެވޭ – ރައީސް

މައުލޫމާތު ހާމަ ކުރަން ދައުލަތް ފަސް ޖެހޭ ވަރަކަށް ހިޔާނާތާއި ފަސާދައިގެ އަމަލުތަކަށް ޖާގަ ދެވޭ ކަމަށާއި މައުލޫމާތު ހާމަ ކުރަން ދައުލަތް އިސްކަން ދޭނަމަ ނަޒާހަތްތެރިކަން އިތުރު ވެގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން އަންނަ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރުނު، ސަޕްލިމަންޓަށް ދެއްވި ބަޔާނުގައެވެ.މައުލޫމާތު ހޯދާ ލިބިގަތުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ރައީސް ސާލިހު ފޮނުއްވި ޚިތާބުގައެވެ.

އެޚިތާބުގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީން، ރައްޔިތުންނަށް ކަށަވަރު ކޮށްދިން އެންމެ މުހިންމު އެއް އަސާސީ ހައްގަކީ މަޢުލޫމާތު ހޯދުމާއި މައުލޫމާތު ލިބިގަތުމުގެ ހައްގު ކަމަށެވެ.

އަދި އެ އިދާރާތަކުން ކުރާ ކަންކަމުގެ މައުލޫމާތު، އާންމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ މުވައްޒަފުންގެ އަމިއްލަ އިހުތިޔާރުގައި އޮތް ކަމެއް ނޫން ކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ މައުލޫމާތު ހާމަ ކުރުމަށް ފަސްޖެހޭ ވަރަކަށް ފަސާދައިގެ އަމަލުތަކަށް ޖާގަ ލިބޭނެ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަމުގައި، މިނިވަން މުއައްސަސާއެއް ގާއިމުކުރީ އެ ހައްގު ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭކަން ކަށަވަރު ކުރުމަށް ކަމަށާއި އެ ހައްގު ހޯދައިދިނުމަށް އެ އޮފީހުން ކުރާ މަސައްކަތުގައި ދައުލަތުގެ ހުރިހާ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top