ކައުންސިލްތަކުގެ “އެސްޖީ”ގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލަނީ

38F0F22C-BDC9-49EA-9F4C-B722EFDF95ED-p8gq5fsy4zgbel1rnq8tfxdz4ut63x37e3p046g68k.jpeg

ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު  އަންނަ ހަފްތާގައި އާންމުކޮށް ހުޅުވާލާނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން (ސީއެއްސީ) އިން ބުނެފިއެވެ.

”ރާއްޖެ މިއަދު“ ޕްރޮގުރާމްގައި، ރޭ ވާހަކަ ދައްކަވަމުން ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް  ގެ މަގާމަށް މީހުން އައްޔަން ކުރާ ގުޅޭ ގޮތުން ސީއެސްސީގެ ނައިބު ރައީސް އިބްރާޙީމް ރަޝީދު ވިދާޅުވީ، ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް އެސްޖީއިން އައްޔަންކުރުމުގެ ގޮތުން، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ސިވިލް ސަރވިސް ކޮމިޝަނުން އާންމުކޮށް އަންނަ ހަފްތާގައި ހުޅުވާލަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެ މަގާމުގެ ޝަރުތުތަކުގެ މައުލޫމާތު ދެއްވަމުން ރަޝީދު ވިދާޅުވީ ރަށު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ ހަތަރު އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، މަގާމުގެ ޝަރުޠު ހަމަވާނެ ކަމަށެވެ. ނޫނީ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ ދެ އަހަރުދުވަހުގެ ތަޖުރިބާއާއެކު ވެސް މަގާމުގެ ޝަރުތު ހަމަވާނެއެވެ.

އަތޮޅު ކައުންސިލްގެ އިދާރާގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 6 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 4 އަހަރުދުވަހުގެ ތަޖުރިބާއާއެކު ޝަރުތު ހަމަވާނެއެވެ.

ސިޓީ ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 8 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަގާމުގެ މަސައްކަތާގުޅޭ 6 އަހަރުދުވަހުގެ ތަޖުރިބާއާއެކު ޝަރުޠު ހަމަވާނެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތާގުޅޭ ތަޖުރިބާގެ ގޮތުގައި، “އެޑްމިނިސްޓްރޭޝަން” އާ ގުޅޭ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ހުށަހަޅާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގައި، އެއްވެސް އިދާރީ މަސައްކަތެއް ކޮށްފައިވާ ކަމުގައި ބަޔާންކޮށްފައިވާ ނަމަ އެ ލިޔުން ގަބޫލުކުރެވޭނެ ކަމަށާއި، އެޑްމިނިސްޓްރޭޝަން މަސައްކަތުގެ ގޮތުގައި، ރިޕޯޓު ހެދުމާއި، ރެކޯޑު ބެލެހެއްޓުމާއި، ސިޓީ ލިޔުން ފަދަ ކަންތައްތައް ހިމެނޭނެ ކަމަށް ރަޝީދު ވިދާޅުވިއެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top