އޮޅު ޖަނަވާރު މަގުމައްޗަށް ދޫކުރާނަމަ 5000ރުފިޔާއިން ޖުރުމަނާ !

ADH2370-1623220798261_jqauwx.jpg

އިންޑަސްޓްރިއަލް ވިލެޖުގައި އުޅޭ ބުޅާތައް. - ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

އޮޅު ޖަނަވާރު މަގުމައްޗަށް ދޫކުރާ ފަރާތްތައް ފަސްހާސް ރުފިޔާއާއި ދިހަހާސް ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް އެދި ރައްޔިތުން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އިއްޔެގެ ޖަލްސާއަށް ހުށަހަޅުއްވާފައިވާ ބިލުގެ މަގުސަދަކީ ރާއްޖެއަށް ޖަނަވާރާއި، ޖަނަވާރަށް ހާއްސަ އުފެއްދުންތަކާއި ޖަނަވާރުންގެ ބޭހާއި ކާނާއާއި އެނޫންވެސް ތަކެތި އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ކަމަށް ބުނެފައިވެ އެވެ. މަޖިލީހަށް ހުށަހަޅާފައިވާ “ޖަނަވާރުގެ ސިއްހަތާ ބެހޭ” މި ބިލުގައި ވަނީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު މަގުމަތީގައި ނުވަތަ އެހެން ތަނެއްގައި އުޅުމަށް ދޫކޮށްލުން މަނާކޮށްފައެވެ.

މީގެ އިތުރުން ބައްޔެއް ހުރި ޖަނަވާރެއް ވިއްކަން ބެހެއްޓުމާއި އަދި އެފަދަ  ބަލި ޖައްސާ އެއްޗެއް ގަސްދުގައި ރާއްޖެއަށް އެތެރެކޮށްފިނަމަ 10000އާއި 25000އާ ދެމެެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް އެބިލުގައި ހިމަނައިފައިވެއެވެ. އަދި އެ ބިލުގައި ބަޔާންކޮށްފައިވާ އެހެން ކަމަކާ ޚިލާފު ވެއްޖެ ނަމަ 5000 ރުފިޔާއަށްވުރެ މަތީ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް ވެއެވެ.

މި ބިލުގައިވާ ގޮތުން ގަވާއިދާ ހިލާފަށް މަގުތައް މައްޗަށް ދޫކުރާ އޮޅު ޖަނަވާރުން ކަރަންޓީން ކުރަން ފެސިލިޓީއެއް ގާއިމް ކުރަންޖެއެވެ.

އަދި މި ގާނޫނު ވުޖޫދަށް އައުމާ އެކު، ގާނޫނާ ހިލާފުވާ ފަރާތްތަކަށް 5،000ރ. އިން ފެށިގެން 25،000ރ. އާދެމެދުގެ އަދަބުތައް ވަނީ ކަނޑައަޅައިފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top