ގޯލްޑަން ފުޓްސަލް ޗެލެންޖް: އޭދަފުއްޓާއި ފެހެންދޫ ފައިނަލަށް

332711315_1858351457857380_1351525239454393550_n.jpg

ތުޅާދޫއާ ދެކޮޅަށް އޭދަފުށިން ރޭ ކުޅުނު މެޗުގެ ތެރެއިންފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން/ އިމޭޖަސް އެމްވީ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ބ. އަތޮޅުގެ ފައިނަލަށް އޭދަފުްޓާއި ފެހެންދޫ ހޮވިއްޖެ އެވެ.

ރޭ ބ. އަތޮޅު ލީގު ބުރުގެ ފަހު މެޗުތައް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ބ. އަތޮޅުގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗްގައި ތުޅާދުއާއި ދެކޮޅަށް ކުޅުނު މެޗު އޭދަފުށި ކާމިޔާބު ކުރީ 1-0 އިންނެވެ. މިލަނޑު ޖަހައިދިނީ ހަމްދާން އަބްދުއްސައްތާރެވެ. ފެހެންދޫން ފައިނަލް ޔަގީންވީ ކެންދޫ ކައިރިން 0-0 އިން އެއްވަރުވުމުންނެވެ. ފެހެންދޫ އާއި ކެންދޫ ރޭ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. އޭދަފުށްޓާއި ފެހެންދޫ ގުރޫޕް ސްޓޭޖުގައި ބައްދަލު ކުރި މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top