ބ.އަތޮޅު ތައުލީމީ މަރުކަޒަށް 45 އަހަރު ފުރުން ފާހަގަކޮށްފި

baec3.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 45 ވަނަ އަހަރީދުވަސް އެސްކޫލްގައި މިއަދު ފާހަގަ ކޮށްފި އެވެ.

އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޗީޕް އޮޕަރޭޓިން، އޮފިސަރ (ސީއޯއޯ) އަދި އެ ސްކޫލްގެ ކުރީގެ ދަރިވަރު އާދިލް މޫސާއެވެ.

މި ރަސްމިއްޔާތުގައި ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނާއި ޕީޓީއޭގެ މެންބަރުންގެ އިތުރުން އޮފީސްތަކުގެ އިސްވެރިން ވެސް ބައިވެރިވުމާއެކު އެސެމްބަލީގައި އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ޚާއްސަ ކޭކެއް ފެޅުން އޮތެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒަކީ ޔުނިސެފްގެ އެހީގައި ދިވެހި ސަރުކާރުން ރާއްޖޭގައި ބިނާކުރި ފުރަތަމަ ނަމޫނާ ސްކޫލެވެ. ބ.އަތޮޅު ކޮމިޔުނިޓީ ސްކޫލްގެ ނަމުގައި މިސްކޫލް ހުޅުވީ 24 ފެބްރުއަރީ 1978 ވަނަ އަހަރު އޭރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްމަރުހޫމް އޮނަރަބްލް އަލްފާޟިލް އަބްދުއްސައްތާރު މޫސާ ދީދީ އެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގައި މިހާރު 700 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ގެންދާއިރު ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުންފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދެއެވެ.

ސްކޫލް ހުޅުވި އިރު ކިޔަވައިދެނީ ހަމައެކަނި ގްރޭޑް 1 އާއި ހަމައަށެވެ. އޭރު ސްކޫލްގައި ތިބީ 58 ދަރިވަރުންނާއި، 3 މުދައްރިސުންނާއި ހެޑްމާސްޓަރެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top