ފެނަކަ އަށް ބޭކާރު މުވައްޒަފުން ނުނަގަން: ފެނަކަ އެމްޑީ

b_kfjHQ7ZUOSoVkL368CnihQzmF.jpg

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދު - ވަން ފޮޓޯ:

ފެނަކަ ކޯޕަރޭޝަން އަށް ބޭކާރު މުވައްޒަފުން ނުނަގާ ކަމަށާއި ސަރުކާރުގެ އެއްވެސް ފައިސާއެއް ހޯދައިގެން ފެނަކަ ކޯޕަރޭޝަންގެ އެއްވެސް ކެޕިޓަލް ހަރަދެއް މިހާތަނަށް ކޮށްފައި ނުވާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާ ޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމެޓީ)އަށް ހާޒިރުކޮށް ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ސައީދު ކޮމެޓީއަށް ހާޒިރު ކުރެއްވީ ސައީދަށާއި އެ ކުންފުނީގެ ޗެއާމަން މުހައްމަދު ރަޝީދަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށްފަހު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ވަހީދު (އިބުރޭ) އިސްތިއުފާ ދެއްވި މައްސަލައާއި ގުޅިގެންނެވެ.

އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސައީދާ ސުވާލު ކުރައްވަމުން ފެލިދޫ ދާއިރާގެ މެންބަރު، އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، ފެނަކައަކީ ބްލީޑިން ކުންފުންޏެއް ކަމަށެވެ. އެހެންކަމުން ކޮންމެ އަހަރެއް ނިމޭއިރު އެތައް މިލިޔަން ރުފިޔާއެއް ދައުލަތަށް ދައްކަން އޮތް ނަމަވެސް، ފެނަކަ ފާހަގަވަނީ ދައުލަތުން ފައިސާ އަޅާ ކުންފުންޏެއްގެ ގޮތުގައި ކަމަށެވެ.

އޭގެ އިތުރުން އިންތިޚާބުތަކާ ދިމާކޮށް، ތަނަށް ލިބޭ އާމްދަނީއާ ނުބައްދަލު މުވައްޒަފުން އެ ކޯޕަރޭޝަންގެ ވަޒީފާތަކަށް ނަގަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޖަވާބު ދެއްވަމުން، ސައީދު ވިދާޅުވީ، ”މިހާތަނަށް މައި ސަރުކާރުގެ އެއްވެސް ފައިސާއެއް ހޯދައިގެން ފެނަކައިގެ އެއްވެސް ކެޕިޓަލް ހަރަދެއް ކޮށްފައެއް ނުވާނެ. އަދި ކުންފުންޏަށް އެކަށީގެންވާ އަދި ބޭނުން ނުވާ އެއްވެސް މުވައްޒަފަކު އެ ކުންފުންޏަށް ނަގާފައި ނުވާނެ. “ކަމަށެވެ.

ފެނަކައަށް ރަށްރަށުން ލިބޭ އާމްދަނީއާ ނުބައްދަލު މުވައްޒަފުން ނަގާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބުރޭ އިސްތިއުފާދެއްވާފައިވާ އިރު، ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ޗެއާމަން މުހައްމަދު ރަޝީދަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި، އޭނާ ހުށަހަޅުއްވާފައިވާ ކަމަށްބުނާ އިސްތިއުފާގެ ސިޓީ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top