ރެޑްވޭވުން ދެ ޓެކުހަކަށް މިއަހަރު 42 މިލިއަން ދައްކައިފިން: އެމްޕީ ސަލީމް

l_2019_06_11_024510_45ov1hndcmtxups6k8zwryj2lqagb7ei9f3_EN_.jpg

އެމްޕީ .އަހުމަދު ސަލީމް --ފޮޓޯ :މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަހްމަދު ސަލީމުގެ ރެޑްވޭވް ކުންފުނިން ވޭތުވެ ދިޔަ ދެޓާމްގައި ދެ ޓެކުހަށް އެކަނި 42 މިލިއަން ރުފިޔާ ދެއްކި ކަމަށް އަހުމަދުސަލީމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ޖީއެސްޓީ ބޮޑު ކުރަން ހުށަހަޅާފައިވާ ބިލަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން ރާއްޖޭގައި 11 ރިޓެއިލް / ހޯލްސޭލް ފިހާރަ ހިންގާ ރެޑްވޭވުގެ ވެރިޔާ، އަހުމަދު ސަލީމް ވިދާޅުވީ ގިނަ ބަޔަކު ޓެކްސް ނުދެއްކިގެން އުޅުނު ނަމަވެސް ރެޑްވޭވުން ކަސްޓަމަށް ޑިއުޓީ އަށް އެކަނި 14 މިލިއަން ރުފިޔާ އަދި ޖީއެސްޓީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 28 މިލިއަން ރުފިޔާ ސަރުކާރަށް ދައްކާފައިވާ ކަމަށެވެ.

“ޖީއެސްޓީ މިހާރު ވެސް ގިނަ މީހުންނަށް ނުދެއްކޭ. ކަސްޓަމްސް ޑިއުޓީ ވެސް އެބަ ނަގާ. އިމްޕޯޓް ޓެކްސް ވެސް އެބަ ނަގާ. އަނެއްކާ އިންކަމް ޓެކުހެއް ވެސް ނަގާ. މިހެން ގޮސް އަދަދު ނޭނގޭ ވަރަށް އެބަ ޓެކްސް ނަގާ. މިހެން ގޮސް އިންތިހާއަށް ޓެކްސް އެބައޮތް، އެތަށް ބައިވަރު ޓެކްސް ތަކެއް އެބައޮތް،” ސަލީމް ވިދާޅުވި އެވެ.

“ކީއް ކުރަން ތޯ ޓެކުހެއް ބޮޑު ކުރަންވީ؟ ހަމަ ޔަގީންނުން ވެސް ވާދަވެރި ވިޔަފާރި ކުރާއިރު މުދަލުގެ އަގަށް މާބޮޑު އެއްޗެއް ލައިގެން ވިޔަފާރިއެއް ނުކުރެވޭނެ. ވިޔަފާރިވެރިން އިނދަ ޖެހޭނީ. ތިމާ ދެ ޕަސެންޓް ނޫނީ ހަ ޕަސެންޓް ލައިގެން ކާބޯ ތަކެތީގެ ވިޔަފާރިއެއް ނުކުރެވޭނެ. ޑޮލަރު ހައްތަހާ ވަނީ މަތި. ޑޮލަރު ލިބޭނެ ގޮތެއް ހަމައެއް ނުޖައްސާ،” ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް ރީއްޗަށް ހަމަޖެހިލައިގެން ތިން ބިލިއަން ރުފިޔާ ހޯދޭނެ ކަމަށާ، މިއަދު ކުރަން ޖެހިފައިވާ ކަމަކީ ވެސް އެއީ ކަމަށެވެ.

“ކުންފުނި ތަކުގައި އެބަތިބި ބޭނުންވާ ވަރަށްވުރެ ވަޒީފާ ތިން ގުނަ އިތުރަށް. ދައުލަތުގެ މުއައްސަސާތަކުގަ އެބަތިބި ބޭނުންވާ ވަރަށްވުރެ 10 ގުނަ އިތުރަށް. ކީއްކުރަން ތޯއޭ. މިއީ ހެޔޮ ނުވާނެ ވަރުގެ ކަމެއް. ހާއްސަކޮށް ސަރުކާރު މެންބަރުން،” ސަލީމް ވިދާޅުވި އެވެ.

ރެޑްވޭވުން ދެ ޓެކުހަކަށް މިއަހަރު 42 މިލިއަން ދައްކައިފިން: ސަލީމް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top