މީހެއްގެ ކަންފަތް ތެރެއިން ތިން އިންޗީގެ “ރަފީގެއް” ނަގައިފި

354128079.jpg

ކަންފަތް ކަހާތީ ޝަކުވާކުރަމުން ޑޮކްޓަރު ކައިރިއަށް ދިޔަ މީހެއްގެ ކަންފަތުން ދިރިހުރި ތިން އިންޗުގެ ސޫއްޕެއް ނަގައިފިއެވެ.

ޔުނިވާސިޓީ އޮފް ޑާބީގެ ލެކްޗަރާއެއް އަދި މިފަދަ ދިރޭތަކެއްޗާއި ގުޅޭގޮތުން ދިރާސާކުރާ މީހެއް ކަމުގައިވާ މައިކަލް ސްވީޓް ވިދާޅުވީ އިންޑިއާ މީހާގެ ކަންފަތަށް ވަދެފައިވާ ސުވިއްޕަކީ ‘އިންޑިއަން ހައުސް ފްލައި’ ނުވަތަ ރަފީގެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރަފީގަކީ އާއްމުކޮށް ހޫނު ގައުމުތަކުގައި އުޅޭ ދިރޭއެއްޗެއް ކަމަށާއި އެތަކެތި ދުވާލު ގަޑީގައި ފިލާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ކަންފަތް ތެރެއަށް ރަފީގު ވަދެފައިވަނީ އެ މީހާ ނިދާފައި އޮތްވާ ކަމަށް ބެލެވޭ ކަމަށެވެ.

ޓެމިލްނާޑޫ ގައި ހުންނަ ސައުތް ޒޯން އީއެންޓީ ރިސާޗް ސެންޓަރުން އާއްމުކޮށްފައިވާ ވީޑިއޯގައި އެމީހާގެ ކަންފަތް ތެރޭގައި އެ ސޫފި އޮންނަ މަންޒރު ދައްކުވައިދެއެވެ. އަދި އެ ސޫފި ނެގުމަށް ޑޮކްޓަރު ކޮށްފައިވާ މަސައްކަތްވެސް ދައްކުވައިދެއެވެ. ކަންފަތް ތެރެއިން ނެގުމަށް ފަހު ކަރުދާސްގަނޑެއް މަތީގައި ތިން އިންޗުގެ އެ ސޫފި ބާއްވާފައި އޮތްވާވެސް ދެފައި ތަޅުވާތަން ވެސް ފެނެއެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި އެ މީހާގެ ކަންފަތަށް ބޮޑު ގެއްލުމެއް ލިބިފައި ނުވެއެވެ. ނަމަވެސް ދުވަސްކޮޅެއް ވަންދެން އަޑު އިވުމުގައި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެއެވެ.

މިއީ މިފަދަ ހާދިސާއެއް ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އޯގަސްޓް މަހުގެ ތެރޭގައި ރޮބް ފީލްޑިން ކިޔާ އިނގިރޭސީއެއްގެ ކަންފަތަށް ބަޅިނދެއް ވަދެ ތިން ދުވަސް ވަންދެން ކަންފަތް ތެރޭގައި އުޅެފައިވެއެވެ. އެ ސޫފި ނަގާފައިވަނީ 90 މިނެޓުގެ އޮޕަރޭޝަނަކަށް ފަހުއެވެ.

މީގެ އިތުރުން ޖެނުއަރީ މަހުގެ ތެރޭގައި އޮސްޓްރޭލިއާ މީހެއްގެ ކަންފަތުން ކުރަތްޕެއް ވެސް ވަނީ ނަގާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top